Lanka hamalaa: bomb thakaa eku miskithakun meehaku hayyaru koffi
image
ނެގޮމްބޯ މިސްކިތެއް ބޭރުގައި ފުލުހުން ސަލާމަތީ ކަންކަން ބަލަހައްޓަނީ-- ފޮޓޯ: ޓައިމްސް ލައިވް
1 ކޮމެންޓް
 

ލަންކާ ހަމަލާ: ބޮންތަކާއެކު މިސްކިތަކުން މީހަކު ހައްޔަރުކޮށްފި

ލަންކާ ގައި އުވާލާފައިވާ ނޭޝަނަލް ތައުދީހު ޖަމާއަތުގެ މެންބަރުން ގިނައިން ޖަމާވެ އުޅޭ މިސްކިތަކުން ހަ ބޮމާއެކު އުމުރުން 57 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފި އެވެ.
އެ މިސްކިތުން ފެނުނީ އަމިއްލަ އަށް ތައްޔާރުކޮށްފައިވާ ބޮންތަކެކެވެ. މިސްކިތް ހުރީ ދައުލަގަލާގެ ވަހުންކޮވާ ސަރަހައްދުގަ އެވެ. ތުހުމަތު ކުރެވޭ މީހާއާ މިހާރު ދަނީ ސުވާލު ކުރަމުންނެވެ.

އޭގެ އިތުރުން މި އޭޕްރިލް މަހުގެ 21 ވަނަ ދުވަހު ލަންކާގައި ދިން ހަމަލާތަކާ ގުޅިގެން ހޯދަމުންދާ މީހުންގެ ތެރެއިން ދެ މީހަކު ވެސް އިއްޔެ ވަނީ ހައްޔަރުކޮށްފަ އެވެ.

ލަންކާ ފުލުހުން ބުނީ އެމީހުން ހައްޔަރު ކުރީ ނަވަލަޕިޓިޔާ ސަރަހައްދުން ކަމަށެވެ. އެއީ މުހައްމަދު އިވުހައިމް ސާދިގް އަބްދުލް ހައްގު އަދި މުހައްމަދު އިވުހައިމް ޝާހިދް އަބްދުލް ހައްގު ނަމަކަށް ކިޔާ ދެ މީހުންނެވެ.

އެމީހުން މިހާރު ވަނީ އެގައުމުގެ ކްރިމިނަލް އިންވެސްޓިގޭޝަންގެ ދަށަށް ގެނެސްފަ އެވެ. ލަންކާގައި ދިން ހަމަލާތަކުގައި 259 މީހުން މަރުވި އެވެ.
ހިޔާލު

ޖޯކު

އިސްލާމް ދީން ނެތިކޮށްލަން ބުޑިސްޓުން ރާވާރޭވުން