Nisbainuvaa dhidhaegge nivalugai: Shakhusu olhuvaalunbaa!?
image
ކުރީގެ ރައީސް އަބްދުﷲ ޔާމީން | ފޮޓޯ: ސޯޝަލް މީޑިއާ
އަބްދުﷲ ޔާމީން
1 ކޮމެންޓް
 

ނިސްބަތްނުވާ ދިދައެއްގެ ނިވަލުގައި: ޝަޚްސު އޮޅުވާލުންބާ!؟

ދައްކާލަން ބޭނުންވަނީ މިދޭތެރެއަކުން ސޯޝަލް މީޑިއާގައި ދައުރުވި ފޮޓޯއެއްގެ ވާހަކައެވެ. ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް، އަބްދުﷲ ޔާމީން އެހެން ޕާޓީއެއްގެ ދިދައާއި ލޯގޯ ބޭނުންކުރައްވަނިކޮށް ދައުރުވި ފޮޓޯ ތަކެކެވެ.
ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ޕީއެންސީގެ ދިދައާއި ލޯގޯ ބޭނުންކުރައްވައިގެން ބަޔަކާ ބައްދަލުކުރައްވާ މަންޒަރު ފެނިގެންދާ ފޮޓޯތަކެއް ސޯޝަލް މީޑިއާއިން ފެނުމުން ހިތުގައި ސުވާލުތަކެއް އުފެދުނީއެވެ.

ހަނދާނަށް އައީ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ކުރި ދައުވާއެއްގެ މަތިންނެވެ. ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްޤައްޔޫމް ތަމްސީލު ކުރެއްވުމަށް ޕީޕީއެމްގެ ދިދަ ބޭނުން ކުރުމުން ބަޔެއްގެ ލޮލަށް ނިދިއައި ކަމަކަށް ނުވިއެވެ. ބާރާއި ނުފޫޒު ދެއްކުން ކަށީގައި ހިފާފައިހުރުމުން، ޕީޕިއެމްގެ ދިދައާއި ލޯގޯ ބޭނުންކުރިކަމަށްބުނެ އޭރު ފާރިސްގެ މައްޗަށް "ޝަޚްސު" އޮޅުވާލި ކަމަށްބުނެ ދައުވާކުރިއެވެ. ތަފްސީލަކަށް ނުދާނަމެވެ!

އެބޭފުޅުންގެ ހަމައިން ބަލާނަމަ، އެކަމާއި މިކަމާ ހުރީ ވަކި ކޮންތަފާތެއްތޯއެވެ؟ ޕީޕީއެމްގެ މިހާރުގެ ރައީސް އެ އިންނެވީ އެމަނިކުފާނު ނިސްބަތްނުވެސްވާ އެހެން ޕާޓީއެއްގެ ދިދައާއި ލޯގޯ ބޭނުންކުރައްވައިގެނެވެ. އެމަނިކުފާނު އެއިންނެވީ އެމަނިކުފާނުގެ ލީޑާޝިޕް "ކަމުނުދާކަމަށް" ވިދާޅުވި ބައެއް ބޭބޭފުޅުން ނިސްބަތްވެ ވަޑައިގަންނަވާ ޕާޓީއެއްގެ ދިދަޔާއި ލޯގޯގެ ނިވަލުގައެވެ.

އަޅުގަނޑަށް މިމަންޒަރާއި، އެބޭފުޅުން ދިއްގަރު ދާއިރާގެ މެމްބަރު ފާރިސްގެ މައްޗަށް ކުރަމުން އައި ތުހުމަތުތަކާއި މާބޮޑު ތަފާތެއް ނުފެނުނެވެ.

ދެންމިކަމަށް "ޝަޚުސު" އޮޅުވާލީއޭ ބުނަންވީތޯ އެވެ!؟
ހިޔާލު

ޖީއެން

ޔަޤީނުންވެސް ތިކަންވާނީ ޝަޚުޞު އޮޅުވާލުމަކަށެވެ. ނަމަވެސް އެމްޑީޕީގެ އޯގާވެރިސަރުކާރުން ތިކަމާ އެއްވެސް ކަމެއް ނުކުރާނެއެވެ. އެމީހަކު ކުރިކަމެއް އެމީހަކަށެވެ. "ފުރިފައި ހުރި އެއްޗެއް ގުޑުގުޑެއް ނާޅާނެ" ބުނާ ބީދައިންނެވެ.