WAMCO ge anhen muvahzafunah furahsaara kuraa mahsala ah hallu hodhaifi
image
ވެމްކޯގެ މުވައްޒަފުން: ފޮޓޯ އަވަސް
ގުފްތަގު އަޖީރު
2 ކޮމެންޓް
 

ވެމްކޯގެ އަންހެން މުވައްޒަފުންނަށް ފުރައްސާރަކުރުން ހުއްޓުވުމަށް ފިޔަވަޅު އަޅައިފި

މާލޭ މަގުމަތީގައި މަސައްކަތްކުރާ މޯލްޑިވިސް ވޭސްޓް މެނޭޖްމަންޓު ކޯޕަރޭޝަން، ވެމްކޯގެ އަންހެން މުވައްޒަފުންނަށް ފުރައްސާރަކުރާ މައްސަލައަށް އެކުންފުނިން ހައްލު ހޯދައިފިއެވެ.
ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު (އެޑަމް) ސީއެންއެމް އަށް ވިދާޅުވީ މަގުމަތީގައި އެކިވަގުތުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ފުރައްސާރަ ކުރަމުން އަންނަތާ އެތައް ދުވަހެއް ވެއްޖެކަމަށެވެ.

ވެމްކޯގެ އާ މެނޭޖުމަންޓުން އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، އަންހެން މުވައްޒަފުން އެކަނި މަގުމައްޗަށް ދޫކޮށްލުމުގެ ބަދަލުގައި އެ މުވައްޒަފުންނާއެކު ފިރިހެން ޑިއުޓީ އޮފިސަރުން ޑިސްޕެޗްކުރަމުން އަންނަކަމަށް އޭނާ ވިދާޅުވި އެވެ.

އެޑަމް ވިދާޅުވީ އަންހެން މުވައްޒަފުންނަށް ފުރައްސާރަކުރާ ސަރަހައްދުތައް މިހާރު އެ ކުންފުނިން ދެނެގަނެފައިވާކަމަށެވެ.

"ޖިންސީ ފުރައްސާރަ އެކަންޔެއް ނޫން. ޖެއްސުން ކުރުމުގެ އަމަލުތައް މަގުމަތިން ވެމްކޯގެ މުވައްޒަފުންނަށް ދިމާވޭ. މުވައްޒަފުންންގެ ފޯނު ޖަހައިގަނެފަ އެބަހުރި. ކުނި އެއްކޮށް ނިމޭތަނުން ކުނިކޮތަޅުގައި ފައިން ޖަހާ ކޮތަޅު ފަޅާލަފާނެ. މިފަދަ ކަންކަން ކުރިމަތިވާތީ އަޅުގަނޑުމެން ފުލުހުންގެ އެހީތެރިކަންވެސް ބައެއް ފަހަރު ހޯދަން. އަދި މިފަދަ މައްސަލަތައް ދިމާވާ ސަރަހައްދުތަކަށް މި އަންނަނީ ފިރިހެން ޑިއުޓީ އޮފިސަރުން ލަމުން،" އެޑަމް ވިދާޅުވިއެވެ.

އެޑަމް ވިދާޅުވީ، ފިރިހެން އޮފިސަރުން ޒޯންތައް ބެލެހެއްޓުމަށްޓަކައި ފުލުހުންނާ ގުޅިގެން ބައެއް މަސައްކަތްތައް ކުރި ނަމަވެސް، މި މައްސަލައަށް ހަގީގީ ހައްލެއް އަންނާނީ މަގުމަތީގައި މަސައްކަތްކުރާ އެ ކުންފުނީގެ މުވައްޒަފުންނަށް އިހުތިރާމްކުރަން ފެށުމުންކަމަށެވެ.
ވެމްކޯގެ ބައެއް އަންހެން މުވައްޒަފުންނަށް ޖިންސީ ފުރައްސާރަކުރާކަމަށް ސޯޝަލް މީޑިއާގައި ވަނީ އަޑުފެތުރިފައެވެ. ނަމަވެސް ވެމްކޯގެ އެޑަމް ވިދާޅުވީ އެފަދަ ހުރިހާ މައްސަލައެއް ރިވިއު މީޓިންތަކުގައި ބަލައި އަޅަންޖެހޭ ފިޔަވަޅުތައް ކަމާގުޅޭ އިދާރާތަކާ ގުޅިގެން އެ ކުންފުނިން އަޅަމުން އަންނަކަށެވެ.
ހިޔާލު

އަންދު

އެކަނބަލުންގެ މައްސަލައަކީ ހަލާލުމަސެއްކަތް ކުރާތީ ވައްކަންކޮށްފަ ފޭރިފަ މަސްތުވާތަކެތި ވިއްކާމީހުންނަކީ ޤައުމުގެ އިއްޒަތްތެރިންނަކީ މީމިޤައުމުގެ ހާލަތު

ޖީއެމް

އެކަނބަލުން އެ ކުރަނީ ވަރަށް އަގުބޮޑު އެހާމެ މުހިއްމު މަސައްކަތެއް. ފުރައްސާރަ ކުރާމީހުން ކަންނެތްކަމާއި އުޅުމެއް ނެތްކަމުން އެކަނބަލުން އެ މަސައްކަތަށް ނިކުންނަން ޖެހުނީވެސް. ނޫންނަމަ މަާލެ އޮންނާނީ ކުނިވެ ފުޅައަޅާފަ. އަޅުގަނޑުގެ ނަޒަރުގައި ޤައުގައި އެންމެ މުހިއްމު މަސައްކަތެއް ކުރާ އެއްބަޔަކީ "ވެމްކޯގެ މި ލާމަސީލު ކަނބަލުން" މި ކަނބަލުންނަށް ކޮންމެ ދިވެއްގެ އިހުތިރާމް ޙައްޤު.