Kareena ge haassa shukuru Diljit ah
image
ދިލްޖިތާއި ކަރީނާ----
0 ކޮމެންޓް
 

ކަރީނާގެ ހާއްސަ ޝުކުރު ދިލްޖިތަށް

ބޮލީވުޑުގެ މަޝްހޫރު އެކްޓްރެސް ކަރީނާ ކަޕޫރު ހާނު ލަވަކިޔުންތެރިޔާ ދިލްޖިތު ދޮސަންޖް އަށް ޝުކުރު އަދާކޮށްފައެވެ.
މިދިޔަ އާދިއްތަ ދުވަހު ދިލްޖިތު އާ ލަވައެއް ނެރެފައިވާއިރު އެލަވައަކީ ކަރީނާ އަށް ހާއްސަކޮށް އޭނާ ތައްޔާރުކުރި ލަވައެކެވެ. " ކައިލީ+ ކަރީނާ" އެލަވައަށް ކިޔާއިރު އެލަވަ ވެގެން ދިޔައީ ކަރީނާއަށް ލިބުނު ސަޕްރައިޒަކަށެވެ.

އެލަވަ ބެލުމަށްފަހު ކަރީނާ ދިލްޖިތަށް ވީޑިއޯ މެސެޖެއް ފޮނުވާފައިވާއިރު އޭނާ ބުނެފައި ވަނީ އުފާވި ކަމަށާއި އޭނާ އެކުރި މަސައްކަތް ކަމުދިޔަ ކަމަށެވެ. އަދި އޭނާ ވަނީ ދިލްޖިތަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.

ކަރީނާ އާއި ދިލްޖިތު ވަނީ މީގެ ކުރިން "އުޑްތާ ޕަންޖާބް" ގައި އެކުގައި މަސައްކަތް ކޮށްފައެވެ. ކަރީނާގެ ކުރިއަށް އޮތް ފިލްމުން ވެސް ދިލްޖިތު ފެނިގެންދާއެވެ. އެފިލްމު ނެރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޑިސެމްބަރު މަހު 27 ގައެވެ.
ކަރީނާ ކަޕޫރް
ހިޔާލު