Director ehge gothugai Bappa Mahesh neyngeythee Sadak 2 akee faseyha masaikathakah nuvaane: Alia
image
އާލިއާ އޭނާގެ ބައްޕައާއެކު--
0 ކޮމެންޓް
 

"ޑައިރެކްޓަރެއްގެ ގޮތުގައި ބައްޕަ ނޭނގޭތީ ސަޅަކްއަކީ ފަސޭހަ މަސައްކަތަކަށް ނުވާނެ: އާލިއާ

ބޮލީވުޑުގެ މަޝްހޫރު ޑައިރެކްޓަރު މަހޭޝް ބަޓް ވަނީ އޭނާގެ ކުރިއަށް އޮތް ފިލްމު "ސަޅަކް2" ގައި މަސައްކަތް ކުރުމުގެ ފުރުސަތު އޭނާގެ އެންމެ ހަގު ދަރިފުޅު، އާލިއާއަށް ދީފައެވެ. މިއީ އާލިއާ އޭނާގެ ބައްޕައާއެކު މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ.
އަންނަ އަހަރު ނެރުމަށް ތައްޔާރުވަމުން އަންނަ އެ ފިލްމުގައި ބައްޕައާއެކު މަސައްކަތް ކުރަން ލިބިފައިވީނަމަވެސް އެފިލްމަކީ އުނދަގޫ މަސައްކަތެއްގެ ގޮތުގައި އާލިއާ ސިފަކުރެއެވެ. އާލިއާ ބުނީ، އޭނާއަށް މަހޭޝް އެނގެނީ ބައްޕަގެ ހައިސިއްޔަތުން ކަމަށާއި ޑައިރެކްޓަރެއްގެ ގޮތުގައި ބައްޕަ ނުދަންނަ ކަމަށެވެ. އަދި ބައްޕައާއެކު މަސައްކަތްކުރުން ވަރަށް ތަފާތު ކަމަށާއި އެފިލްމަށް އޭނާ ހުރީ ކެތްމަދުވެފައި ކަމަށް އާލިއާ ބުނެއެވެ.

"އަހަރެންގެ ބައްޕަ އާންމުކޮށް ކަންކަމުގައި ވަރަށް މަޑުން ހުންނާނީ. އެކަމަކު، ފިލްމު ސެޓުގައި ބައްޕަގެ ގޮތެއް އެއް ގޮތަކަށް ވެސް ނޭނގޭ." އާލިއާ ބުންޏެވެ.

"ސަޅަކް2"އަކީ މަހޭޝް ޑައިރެކްޓުކޮށް 1991 ވަނަ އަހަރު ނެރުނު ކާމިޔާބު ފިލްމު "ސަޅަކް" ގެ ދެވަނަ ބައެވެ. ފިލްމުގެ ފުރަތަމަ ބައިން ފެނިފައި ވަނީ ސަންޖޭ ދަތާއި މަހޭޝްގެ ދަރިފުޅު ޕޫޖާ ބަޓެވެ. އެކަމަކު އެދެތަރިން ފިލްމުގެ ދެވަނަ ބައިން ވެސް ފެންނާނެއެވެ. އަދި އާލިއާ އާއެކު ފިލްމުގައި ފެންނާނީ އަރަމުން އަންނަ ބޮލީވުޑުގެ ތަރި އަދިތުޔާ ރޯއީ ކަޕޫރެވެ. އެފިލްމު ނެރެން ނިންމާފައި ވަނީ އަންނަ މާޗު މަހުގެ 25 ގައެވެ.
ހިޔާލު