Roadha mahu thaketheege agu ehvarehgai hifehehtumuge masaikaiy fashaifi
image
އެސްޓީއޯ-- ފޮޓޯ: އެމްބީއާރު
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

ރޯދަ މަހު ތަކެތީގެ އަގު އެއްވަރެއްގައި ހިފެހެއްޓުމުގެ މަސައްކަތް ފަށައިފި

ކުރިއަށް އޮތް ރޯދަ މަހަށް ތަކެތީގެ އަގު އެއްވަރެއްގައި ހިފެހެއްޓުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ، އާންމުކޮށް ބޭނުންކުރާ ކާބޯތަކެތީގެ ބާވަތްތައް ރޯދަމަހު ސަޕްލައިކުރުން އިތުރުކޮށް އެތަކެތީގެ އަގުތައް އެއްވަރެއްގައި ހިފެހެއްޓުމަށް ސަރުކާރު ހިއްސާވާ ކުންފުނި އެސްޓީއޯއާއެކު މަސައްކަތް ފަށާފައިވާ ކަމަށެވެ.


ތަކެތީގެ އަގުތައް އެއްވަރެއްގައި ހިފެހެއްޓުމުގެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީން ފަށާފައިވާއިރު ކުރީ ރޯދަ މަސްތަކުގައި ބައެއް ބާވަތްތައް ބާޒާރުން ލިބުން ދަތިވެ އެތަކެތީގެ އަގުތައް ވަރަށް ބޮޑުތަނުން އުފުލިގެން ގޮސްފައިވެއެވެ.

ރޯދަ މަހާ ދިމާކޮށް އެސްޓީއޯ އިން ވަނީ ފިޔާ، އަލުވި ބިސް ފަދަ ތަކެތި ވިއްކާ އަގު ހެޔޮކޮށްފައެވެ. އެތަކެތި ލިބުމުގެ ދަތިތައް މިފަހަރުގެ ރޯދާގައި ކުރިމަތިވެ ކާބޯތަކެތީގެ އަގުތައް އުފުލިގެން ނުދާނެ ކަމުގެ ޔަގީންކަން އެސްޓީއޯއިން ދެއެވެ.
ހިޔާލު