Midhiya mahu rape ge 2 massala, geveshi aniyaage 38 massala hushahelhi
image
ގެވެށި އަނިޔާ އާ ދެކޮޅަށް ހޭލުންތެރިކުރުމަށް ހަދާފައިވާ ޕޯސްޓަރެއް---
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

މިދިޔަ މަހު ރޭޕްގެ ދެ މައްސަލަ، ގެވެށި އަނިޔާގެ 38 މައްސަލަ ހުށަހެޅި

މިދިޔަ މަހު ރޭޕްގެ ދެ މައްސަލައާއެކު ގެވެށި އަނިޔާގެ 38 މައްސަލަ ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.
ޖެންޑާ މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެ ފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އެކި ބާވަތުގެ ޖިސްމާނީ އަނިޔާކުރުމުގެ މައްސަލަތަކެވެ. އެގޮތުން އެ ބާވަތުގެ 12 މައްސަލަ އެ މުއްދަތުގެ ތެރޭގައި ރިޕޯޓުކޮށްފައިވެއެވެ.

އޭގެ އިތުރުން، ނަފްސާނީ އަނިޔާކުރުން ނުވަތަ އަނގަބަހުން ކުރެވޭ އަނިޔާގެ ހަތް މައްސަލަ އާއި ޖިންސީ ހާނީއްކަކުރުމުގެ ހަތް މައްސަލަ އާއި ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމާ ގުޅޭ ފަސް މައްސަލަ އާއި ޖިންސީ ފުރައްސާރަކުރުމުގެ ދެ މައްސަލަ އާއި ރޭޕްކުރުމުގެ ދެ މައްސަލައާއި އިހުމާލުވުމުގެ އެއް މައްސަލަ އާއި ބާރާއި ނުފޫޒު ފޯރުވުމުގެ އެއް މައްސަލަ އަދި މާލީ ނުވަތަ އިގުތިސާދީ ފުދުންތެރިކަން ފޯރުކޮށްދިނުމުގައި ހުރަސްއެޅުމުގެ އެއް މައްސަލަ ހިމެނެއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 19 މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ. އެއީ އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 14 މައްސަލައާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ ފަސް މައްސަލައެވެ.

އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ 12 މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވެއެވެ.
ހިޔާލު