PNC ge spokesperson ge magaamah Heena hamajassaifi
image
ޕީއެންސީގެ ސްޕޯކްސްޕާސަން ހީނާ ވަލީދް | ފޮޓޯ: ޕީއެސްއެމް ނިއުސް
އަބްދުﷲ ޔާމީން
0 ކޮމެންޓް
 

ޕީއެންސީގެ ސްޕޯކްސްޕާސަންގެ މަގާމަށް ހީނާ ހަމަޖައްސައިފި

ޕީޕަލްސް ނެޝަނަލް ކޮންގްރެސް، ޕީއެންސީގެ ސްޕޯކްސްޕާސަންގެ މަޤާމަށް ހީނާ ވަލީދް ހަމަޖައްސައިފިއެވެ.
ހީނާ ޕީއެންސީގެ ސްޕޯކްސްޕާސަންގެ މަޤާމަށް ހަމަޖައްސާފައިވާއިރު، ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައިވެސް ހީނާ ވަނީ ޕީއެންސީގެ ޓިކެޓުގައި ވާދަކޮށްފައެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ގޮނޑިއަށް ހީނާ ކުރިމަތި ލެއްވިއުރު، އެ ގޮނޑި ކާމިޔާބު ކުރައްވާފައިވަނީ އެދާއިރާއަށް އެމްޑީޕީގެ ފަރާތުން ކުރިމަތި ލެއްވި އިކްރާމް ހަސަން އެވެ.

ޕީއެންސީން އެޕާޓީގެ ކޮންގްރެސް މިދިޔަ ހުކުރު ދުވަހު ބާއްވާފައިވާއިރު، އެޕާޓީގެ ރައިސްގެ މަޤާމަށް އިންތިހާބުވީ ފުނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އެވެ.

އެޕާޓީގެ ނައިބު ލީޑަރުންގެ ގޮތުގައި އިންތިހާބު ކޮށްފައިވަނީ، ޕީޕީއެމްގެ ކުރީގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކް، ކުރީގެ އިކޮނޮމިކް މިނިސްޓާރ މުހައްމަދު ސައީދު، ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އަދި ލަންކާ އަށް ރާއްޖެއިން ކުރިން ކަނޑައަޅާފައި ހުންނެވި ސަފީރު މުހައްމަދު ހުސައިން ޝަރިފެވެ.
ޕީއެންސީ
ހިޔާލު