Roadha Mahu import mudhaa vihkaathanthan hulhuvaafai behehteynee mendhamu 12 ah
image
އައްޑޫގެ ފިހާރައެއް-- ފޮޓޯ: ރާއްޖެ އެމްވީ
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

ރޯދަ މަހު އިމްޕޯޓް މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނީ މެންދަމު 12 އަށް

ކުރިއަށް އޮތް ރޯދަ މަހު އިމްޕޯޓް މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިތައް އިކޮނޮމިކް މިނިސްޓްރީން އާންމުކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ ރޯދަމަހާއި ޝައްވާލުމަހުގެ ފުރަތަމަ ހަތް ދުވަހު އިމްޕޯޓް މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ އެންމެ ލަސް ގަޑިއަކީ މެންދަމު 12:00 އަށް ކަމަށެވެ.

އިއްޔެއިން ފެށިގެން އިމްޕޯޓް މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ އެންމެ ލަސް ގަޑިއަކަށް އެ ގަޑި ހަމަޖައްސާފައިވާއިރު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް އެ އުސޫލުގެ ދަށުން އަމަލު ކުރުމަށް މިނިސްޓްރީން އިލްތިމާސްކުރެއެވެ.

އިކޮނޮމިކް މިނިސްޓްރީން ވަނީ ރޯދަމަހާއި ހަ ރޯދަ ތެރޭގައި ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަން އިރު އޮއްސޭއިރުން ފެށިގެން މެންދަމު 3:00 އަށް ހުޅުވާފައި ބެހެއްޓޭނެ ކަމަށެވެ.

ކަލަންޑަރުގައި ވާގޮތުން މިއަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ އަންނަ މެއި މަހުގެ ހަ ވަނަ ދުވަހެވެ.
ހިޔާލު