50 tonne ge kadhuru Saudi inn sarukaara havaalu koffi
image
ސައުދީން ރާއްޖެއަށް ހަދިޔާކުރި ކަދުރު-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ފައުޒާ މުހައްމަދު
2 ކޮމެންޓް
 

50 ޓަނުގެ ކަދުރު ސައުދީން ސަރުކާރާ ހަވާލުކޮށްފި

ސައުދީ ސަރުކާރުން ރާއްޖެ އަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފިއެވެ.
މިއަދު ހެނދުނު ސައުދީ އެމްބަސީގައި ބޭއްވި ރަސްމިޔާތެއްގައި އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރު އަލީ އާ 50 ޓަނުގެ ކަދުރުތައް ހަވާލުކޮށްދެއްވީ ސައުދީގެ ޗާޖް ޑި އެފެއާސް މެޓްރިކް އަލްޑޮސާރީ އެވެ.

ސައުދީން ވަނީ މިދިޔަ އަހަރުގެ ރޯދަ މަހު ވެސް ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފަ އެވެ. މިދިޔަ އަހަރު ރޯދަ މަހުގައި މާލެއާއި އަތޮޅުތެރެއިން ޖުމްލަ 24،345 ގޭބިސީއަށް ކަދުރު ބަހާފައިވާއިރު ކަދުރު ބަހައިފައިވަނީ ކައުންސިލްތަކާއި ހަވާލު ކޮށްގެނެވެ.

އެގޮތުން މިއަހަރު ވެސް ކޮންމެ ރަށަކަށް ވެސް ކަދުރު ބަހަން އެ ރަށެއްގެ ކައުންސިލަރުންނަށް ހަވާލުކުރުމަށް ނިންމާފައިވާއިރު މިފަހަރު ހަދިޔާކޮށްފައިވާ އެ ކަދުރުން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބެހޭ ވަރު ނުވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
ހިޔާލު

އައިސް

މިފަހަރު 50 ޓަނު ގެއަކަށް މިފަހަރު ފާތުމަ އެއް ނެތިއްޔަ.....

މުހައްމާ

ތި ކަދުރުތަށް ފާތުމައާ ހަވާލު ނުކުރާތި ؟ އޭރުން ރައްޔިތުންނަ ނުވެސް ލިބޭނެއެވެ.