UAE ge safeer rayyithunge Majleehuge raees aa badhdhalu kuravvaifi
image
ޔޫއޭއީ އިން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރާއި މަޖިލިސް ރައީސް ގާސިމާ ބައްދަލު ކުރެވުން-- ފޮޓޯ: މަޖިލިސް އިދާރާ
މުހައްމަދު ފަތުހުﷲ
0 ކޮމެންޓް
 

ޔޫއޭއީގެ ސަފީރު ރައްޔިތުންގެ މަޖިލީހުގެ ރައީސާ ބައްދަލު ކުރައްވައިފި

ޔުނައިޓެޑް އަރަބް އެމިރޭޓްސް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޑރ. ސައީދު އަލްޝަމްސި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމްގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މަޖިލީހުގެ އިދާރާއިން ބުނީ، ރައްޔިތުންގެ މަޖިލިސްކުރާގޭގައި މިއަދު އޮތް މިބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ދެމެދުގައި އޮންނަ ގާތް ރަހުމަތްތެރި ގުޅުމާ ބެހޭގޮތުންނާއި، މިގުޅުން އިތުރަށް ބަދަހި ކުރެއްވުމުގެ މައްޗަށް ދެ ބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.

ނިމިގެންދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާއި ކުރިއަށްއޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ކުރުމަށް ރޭވިފައިވާ ބައެއް މަސައްކަތްތަކާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ޔޫއޭއީގެ ސަފީރު މަޝްވަރާކުރެއްވިއެވެ.

ޔޫއޭއީ ސަފީރުގެ ވާހަކަފުޅުގައި ދެގައުމުގެ ދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަން ފާހަގަކުރައްވާ، ރާއްޖެއިން އަބަދުވެސް ދެމުންއަންނަ އެއްބާރުލުމަށްޓަކައި ޝުކުރު އަދާކުރެއްވި ކަމަށްވެސް މަޖިލީހުގެ އިދާރާއިން ބުނެއެވެ.


ހިޔާލު