Drug massala hallu kuran maruge hukum thanfeez kuran jehey: Umar
image
ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު | ފޮޓޯ: ސޯޝަލް މީޑިއާ
އަބްދުﷲ ޔާމީން
1 ކޮމެންޓް
 

މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރަން މަރުގެ ހުކުމް ތަންފީޒު ކުރަން ޖެހޭ: އުމަރު

މަސްތުވާތަކެތީގެ މައްސަލައަށް ފުރިހަމަ ހައްލެއް ލިބޭނީ އެކަންކަމުގައި އުޅޭ މީހުންނަށް މަރުގެ އަދަބު ދެވިގެންކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ސީއެންއެމް އަށް ދެއްވި އިންޓަވިއު އެއްގައި އުމަރު ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުން ފެށިގެން ރާއްޖޭގައި ބޮޑުވެފައިވާ މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރަން ފުރިހަމަ ސިޔާސަތުތަކެއް މުހިއްމު ކަމަށެވެ.

އުމަރު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަަތައް ހައްލުކުރުމަށް އެހެން ޤައުމުތަކުގައި ވެސް މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނަށް މަރުގެ އަދަބުދޭ ކަމަށެވެ.

ރާއްޖޭގައިވެސް މަސްތުވާތަކެތީގެ ވިޔަފާރި ކުރާމީހުންނަށް މަރުގެ އަދަބު ދެވިގެން ނޫން ގޮތަކަށް އެކަމަށް ހައްލެއް ނުލިބޭނެކަމަށް އުމަރު ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށްވެސް މިކަމުގައި ހައްލެއް ހޯދައި ނުދެވޭނެ ކަމަށް ވިދާޅުވެ، އުމަރު ފާޑުވިދާޅުވި އެވެ.

އުމަރު ވިދާޅުވީ އެކަމުގެ ހައްލު ހޯދައިދެވޭނީ އޭނާއަށް ކަމަށާއި ކޮންމެވެސް ދުވަހަކުން ދިވެހި ރައްޔިތުންނަށް އެމަންޒަރު ފެންނާނޭ ކަމަށެވެ.

"ފުލުހުންނާއި ކޯޓުތަކާއި ސިވިލް ސާވެންޓުންގެ އަތަށް ދޫކޮށްލާ، ސިޔާސީ ވެރީން ހިޔަލަށް ޖެހިގެން ތިބެ" ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ނުލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުއްތާ ގެނައުމަކީ މަސްތުވާތަކެތިގެ މައްސަލަ ހައްލުކުރުމަށް އެޅުނު ކުޑަފިޔަވަޅެއް

ހޯމް މިނިސްޓަރުގެ މަޤާމުގައި އުމަރު ނަސީރު ހުންނެވިއިރު، މަސްތުވާތަކެތިގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުއްތާ ގެނެސް އޭގެ ބޭނުން ކުރަން ފަށާފައިވެއެވެ.

އެކަމަކު އެއީ މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ހޯދުމަށް އެޅުނު ފިޔަވަޅު ތަކުގެ ތެރެއިން އެއްބައި ކަމަށާއި، ސްކޭން ކޮށްގެން މީހުންގެ ހަށިގަނޑުގައި ފޮރުވާފައިހުންނަ މަސްތުވާތަކެތި ހޯދޭނޭ ނިޒާމެއް ގާއިމް ކުރަން ވެސް އޭރު މަސައްކަތް ކުރެއްވި ކުރީގެ ހޯމް މިނިސްޓަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ ހައްލު ވާނީ މަރުގެ ހުކުމް ތަންފީޒު ކުރުމުން ކަމަށާއި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކުގެ މުދާ ހިފަހައްޓާ އެކަމަށް ހަރުކަށު އަދަބު ދޭން ޖެހޭ ކަމަށެވެ.

ގދ. ހުޅުވާރުލު ނަމަކަށް ކިޔާ ފަޅުރަށެއްގައި ވަޅުލާފައި ހުރި 150 ކިލޯގްރާމުގެ މަސްތުވާތަކެތި ފުލުހުން އަތުލައިގެންފައިވާއިރު، އެ މައްސަލާގައި ހައްޔަރު ކުރި ފަސް މީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ހާޒިރުކޮށްފައި ވަނީ ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓަށެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރު ކުރި އެކަކުގެ ބަންދުގެ މުއްދަތު 10 ދުވަހަށް އިތުރުކޮށް، އަނެއް ހަތަރު މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބަން އަމުރުކޮށްފައިވާ ކަމަށެވެ.

މެދުކެނޑުމެއްނެތި 72 ގަޑިއިރަށް ގދ. އަތޮޅުގެ ކަނޑުގެ ސަރަހައްދުގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނަކަށް ފަހު އެ މަސްތުވާތަކެތި އަތުލައިގަތީ ފަޅުރަށުގައި ވަޅުލާފައި ހުއްޓަ އެވެ.
ހިޔާލު

ރައްޔިތުމީހާ

އުމަރުގެ މިނިސްޓަރުކަމުގަ މިކަމެއް ނުވި. ދެން ކޮން ހުދުވަލެކޭ، ހަރުގަނޑެކޭ ކިޔާކަށް؟