Tiger aeku Alia fenigendha lava nerefi
image
އާލިއާ އާއި ޓައިގާ---
0 ކޮމެންޓް
 

ޓައިގާ އާއެކު އާލިއާ ފެނިގެންދާ ލަވަ ނެރެފި

ޓައިގާ ޝްރޮފް އާއެކު އާލިއާ ބަޓް ފެނިގެންދާ ލަވަ ނެރެފިއެވެ.
"ސްޓޫޑެންޓު އޮފް ދަ އިޔާ 2" ގެ ހާއްސަ ލަވައަކުން އާލިއާ ފެނިގެންދާއިރު އެލަވަ އަށް ގިނަ ބަޔަކު ތިބީ އިންތިޒާރުގައެވެ. އެލަވަ އިއްޔެ ނެރެފައިވާއިރު ލަވައިން ފެނިގެންދަނީ ފިލްމުގައި ލީޑު ރޯލުން ފެނިގެންދާ ޓައިގާ އާއި އާލިއާއެވެ.


"ހޫކް އަޕް" ނަމަކަށް ކިޔާ އެލަވަ ކިޔާފައިވަނީ ވިޝާން އާއި ޝޭކަރް އަދި ނޭހާ ކައްކަރެވެ. ތިން މިނެޓާއި 21 ސިކުންތުގެ އެލަވަ ގިނަ ބަޔަކަށް ކަމުގޮސްފައިވާއިރު މިހާތަނަށް ހަ ލައްކަ އަށް ވުރެ ގިނަ މީހުން ވަނީ އެލަވަ ބަލާފައެވެ.

އާލިއާ އަކީ "ސްޓޫޑެންޓު އޮފް ދަ އިޔާ 1" ގައި ލީޑު ބަތަލާގެ ރޯލުން ފެނިގެންދިޔަ ފަންނާނެވެ. "ސްޓޫޑެންޓު އޮފް ދަ އިޔާ 2"ގައި ލީޑު ބަތަލާގެ ރޯލުން ފެނިގެންދާނީ އަނަންޔާ ޕާންޑޭ އާއި ތާރާ ސުތާރިއާއެވެ.

ސްޓޫޑަންޓް އޮފް ދަ އިޔާ ދެ އަކީ ވެސް ފިލްމުގެ ފުރަތަމަ ބައެކޭ އެއްގޮތަށް ކޮލެއްޖެއްގެ ދަރިވަރުންތަކެއްގެ މެދުގައި ވާދަވެރިކަން ގަދަވެފައިވާ މަންޒަރާއި ތިނެސްކަން ލޯބީގެ ކަންތައްގަނޑެއް ދައްކުވައިދޭ ފިލްމެކެވެ.

ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ އަންނަ މަހު 10 ގައެވެ.
ހިޔާލު