Jog kuramun kuni negumuge harakaatheh Male' ga baavvaifi
image
އެމެރިކަން ސެންޓަރުން މާލޭގައި ކުރިން ބޭއްވި ކުނި ނެގުމުގެ ހަރަކާތެއް---ފޮޓޯ: އެމެރިކަން ސެންޓަރު
1 ކޮމެންޓް
 

ޖޮގް ކުރަމުން ކުނި ނެގުމުގެ ހަރަކާތެއް މާލޭގައި ބާއްވައިފި

ރާއްޖޭގައި ހުންނަ ސްވިޑަންގެ ކޮންޒިއުލޭޓުން އިސްނަގައިގެން ޖޮގްކުރަމުން މަގުމަތީގައި ހުންނަ ކުރި ނެގުމުގެ ޕްރޮގްރާމެއް މިއަދު މާލޭގައި ފަށައިފި އެވެ.
އެ ހަރަކާތް ބާއްވަނީ ސްވިޑަންގެ ކޮންޒިއުލޭޓާއި، އެމެރިކަން ސެންޓަރާއި، އެންވާރަމަންޓް މިނިސްޓްރީ އާއި، އެޑިއުކޭޝަން މިނިސްޓްރީ، ވެމްކޯ، އިކޯ ކެއާ މޯލްޑިވްސް އަދި އާތް އަވާ މޯލްޑިވްސް ގުޅިގެންނެވެ.

މިއީ މާލެ ސިޓީގައި ބާއްވާ ދެވަނަ "ޕްލޮގިންގް" ނުވަތަ ޖޮގްކުރަމުން މަގުމަތީގައި ހުންނަ ކުނި ނެގުމުގެ ޕްރޮގްރާމެވެ. މީގެ ފުރަތަމަ ހަރަކާތް 2018 ވަނަ އަހަރު ބޭއްވީ ޑޮކްޓަރުންގެ ދުވަހާ ދިމާކޮށެވެ.

އެ ހަރަކާތް މާލޭގައި ބޭއްވީ މިއަދު ހެނދުނު 7 އިން 9 އަށް ރާޅުގަނޑު ސަރަހައްދުން ފެށިގެން ގޮސް ރަސްފަންނާ ހަމައަށެވެ. ދުވުން ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ސްވިޑަންގެ ކޮންޒުލް ޖެނެރަލް މަރިޔަމް ވަހީދާ އާއި އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ސާރާ ޒައިބެލް އެވެ.

އޭގެ އިތުރުން އެ ދުވުމުގެ ހަރަކާތް ފެށުމުގެ ގޮތުން ރާއްޖޭގެ މަގްބޫލު ލަވަކިޔުންތެރިން ކަމަށްވާ މަރިޔަމް މައީޝާ އާއި ފައްތުގެ ޕަފޯމަންސްތައް ދައްކާލާފައި ވެއެވެ.

މިއީ އެމެރިކަން ސެންޓަރުން ކޮންމެ ހުކުރު ދުވަހަކު މާލެއިން ކުނި ނެގުމަށް ހިންގާ ޕްރޮގްރާމަށް ލިބުނު ކުރިއެރުމެއް ކަމަށް އެތަނުން ބުނެ އެވެ.

އެޑިޓަރުގެ ނޯޓް: މި ހަބަރުގައި މިއީ މާލޭގައި ބޭއްވި ފުރަތަމަ މިފަދަ ހަރަކާތް ކަމަށް ކުރިން ލިޔެވިފައި ވަނީ މައުލޫމާތުގެ ކުށަކުންނެވެ.
ހިޔާލު

ޑރ މ އަޝްރަފު

ބައިވެރިންނަށް މަރުހަބާ.

ޕްލޮގިންގް ފުރަތަމަ ފަހަރަށް މާލޭގައި ބާއްވާފައިވަނީ 2018ވަނަ އަހަރުގެ ޑޮކްޓަރުންގެ ދުވަސް ފާހަގ ކުރުމަށް މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަންއާއި އައިރަނަރސް، ވެމްކޯ އަދި ޕޮލިސް ގުޅިގެން.