Emme kuda ujoora kanda elhumuga lafaa aruvaa board eh ufahdhaifi
image
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު---ފައިލް ފޮޓޯ
0 ކޮމެންޓް
 

އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގައި ލަފާއަރުވާ ބޯޑެއް އުފައްދައިފި

މަސައްކަތްތެރިންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރައެއް ކަނޑައެޅުމަށްޓަކައި އިކޮނޮމިކް މިނިސްޓަރަށް ލަފާއަރުވާ ހާއްސަ ބޯޑެ މިއަދު އުފައްދައިފި އެވެ.
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ސެލެރީޒް އެންޑް ވޭޖެޒް އެޑްވައިޒަރީ ބޯޑު"ގެ ނަމުގައި ބޯޑެއް އެކުލަވާލާފައިވާ ކަމަށެވެ.
އެ ބޯޑުގެ މަސްއޫލިއްޔަތަކީ މުސާރާ އާއި އުޖޫރަ ދިނުމުގައި އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގައި އިކޮނޮމިކް މިނިސްޓަރަށް ލަފާއެރުވުމެވެ.

ބޯޑުގައި ފަސް މެންބަރުން ތިއްބަވާއިރު، އޭގެ ތެރެއިން ދެ މެންބަރުންނަކީ ވަޒީފާދޭ އިންޑަސްޓްރީތަކުގެ ދެ ބޭފުޅުންނެވެ. އަނެއް ދެ މެންބަރުންނަކީ މަސައްކަތްތެރިން ތަމްސީލުކުރައްވާ ދެ ބޭފުޅުންނެވެ. އަދި ސަރުކާރު ތަމްސީލް ކުރައްވާ މެންބަރަކުވެސް އިންނަވަ އެވެ.

ފައްޔާޒް ވިދާޅުވީ އެ ބޯޑުގެ މަސައްކަތުގެ ތެރެއިން ވަޒީފާދޭ ފަރާތްތަކާއި މަސައްކަތްތެރިންނަށް ވެސް ހަމަހަމަ އަދި ފައިދާވާ ނިންމުންތައް ނިންމޭނެ ކަމަށް ޔަގީންކުރައްވާ ކަމަށެވެ.

ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން އިކޮނޮމިކް މިނިސްޓަރަށް ލަފާއަރުވާ ބޯޑެއް އެކުލަވާލުމަށް މިނިސްޓަރު ފައްޔާޒު ރައީސް ސޯލިހަށް ދެންނެވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގަ އެވެ.
ހިޔާލު