Midhiya mahu Dengue hun jehigen ehnme ginain report kohfaivanee Malé inn
image
ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗު---ފޮޓޯ:ރާއްޖެ.އެމްވީ
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

މިދިޔަ މަހު ޑެންގީ ހުން ޖެހިގެން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ މާލެއިން

މިދިޔަ މަހު ޑެންގީ ހުން ޖެހިގެން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ މާލެއިން ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
އެޗްޕީއޭ ގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ނިމިގެން މިދިޔަ އޭޕްރިލް މަހުގެ މާލެއިން ޑެންގޫ ޖެހިގެން 79 މީހަކު ރިޕޯޓް ކޮށްފައިވެއެވެ. ދެން އެންމެ ގިނައިން ޑެންގޫގެ ރިޕޯޓް ކޮށްފައިވަނީ ހދ. އަތޮޅުން ނެވެ. އެ އަތޮޅުން ޑެންގޫ ޖެހިގެން 73 މީހުން ވަނީ ރިޕޯޓުކޮށްފައި ވެއެވެ.

މި އަހަރުގެ މިހާތަނަށް ޑެންގީ ހުން ޖެހިގެން 1873 މައްސަލަ ރިޕޯޓުކޯށްފައިވާއިރު ވޭތުވެ ދިޔަ ތިން އަހަރުގެ ފުރަތަމަ ހަތަރު މަހާ އަޅާބަލާ އިރު މި އަހަރުގެ މި ދުވަސްވަރު ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރަމުންދާ އަދަދު އަދިވެސް ގިނަކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

ޗިކުންގުންޔާ ޖެހިގެން މިހާތަނަށް އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ދ، ތ، ގއ އަތޮޅުންނާއި މާލެ އިންނެވެ. ޗިކުންގުންޔާ ޖެހިގެން މިއަހަރުގެ މިހާތަނަށް 828 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ. ޖެނުއަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް، ޗިކުންގުންޔާ ޖެހިގެން ރިޕޯޓްކޮށްފައިވާ އަދަދު ވަނީ އިތުރުވެފައި ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.

މިދުވަސްކޮޅު ރާއްޖޭގައި ބާރު ސްޕީޑެއްގައި ޑެންގޫ އާއި ޗިކުންގުންޔާގެ އިތުރުން ރޯގާ ފެތުރެމުންދާތީ ރައްކާތެރިވުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.
ހިޔާލު