iPhone vikunu adhadhu record minvarakah dhashah
image
އެޕަލް އައިފޯނެއް: ނިމުނު ކުއާޓަރުގައި އައިފޯން ވިކުނު މިންވަރު ވަނީ ވަރަށް ބޮޑަށް ދަށްވެފައި.-- ފޮޓޯ: ގެޓީ އިމޭޖަސް
1 ކޮމެންޓް
 

އައިފޯން ވިކުނު އަދަދު ރެކޯޑް މިންވަރަކަށް ދަށަށް

އެޕަލްގެ އައިފޯން ވިކުނު އަދަދު މިދިޔަ މާޗް މަހު ނިމުނު ކުއާޓަރުގައި ރެކޯޑް މިންވަރަކަށް ދަށްވެއްޖެ އެވެ.
އައިފޯން ވިކުނު އަދަދު ދަށްވުމުން، އެޕަލް އަށް އައިފޯންގެ ވިޔަފާރިން ލިބުނު އާމްދަނީ ވަނީ ކުރީ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާ ބަލާއިރު 17 ޕަސެންޓް ވެއްޓިފަ އެވެ. އެގޮތުން ނިމުނު ކުއާޓަރުގައި އައިފޯން ވިއްކައިގެން އެޕަލް އަށް ލިބުނީ 31 ބިލިޔަން ޑޮލަރެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މިއީ އައިފޯން ވިކުނު އަދަދު އެހާ ބޮޑަށް ދަށްވެގެން ދިޔަ ފުރަތަމަ ފަހަރެވެ. ނަމަވެސް އެޕަލްގެ ސީއީއޯ ޓިމް ކުކް ވިދާޅުވީ، މާޗް މަހުގެ ކުއާޓަރު ނިމުމާ ކައިރިއަށް ދިޔައިރު އައިފޯން ވިޔަފާރި ރަނގަޅުވާން ފަށާފައިވާ ކަމަށެވެ.

އެޕަލް އިން ކުރިން ވެސް ވަނީ ނިމުނު ކުއާޓަރުގައި އައިފޯން ސޭލް ދަށްވާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް އައިފޯން ވިކޭލެއް މާ ބޮޑަށް މަދުވުމުން، އެ ކުންދުނިން ވަނީ ޗައިނާގައި އައިފޯން ވިއްކާ އަގު ހެޔޮކޮށްފަ އެވެ. އަދި އެއާ އެކު އެ ގައުމުގައި އައިފޯން ވިޔަފާރި ރަނގަޅުވުމުން، އައިފޯން ވިކޭ އަދަދު ދަށްވި ވަރު ކޮންޓްރޯލް ކުރެވުނީ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ނިމުމު ކުއާޓަރުގައި އައިފޯން ވިޔަފާރި ދަށްވެ، އެޕަލްގެ އާމްދަނީ ކުރިއެރިވަރު މަޑުޖެހިފައިވީނަމަވެސް، ޖޫން މަހު ނިމޭ ދެ ވަނަ ކުއާޓަރުގައި ވިޔަފާރި އިތުރަށް ކުއަރާނެ ކަމަށް އެ ކުންފުނިން ވަނީ ލަފާކޮށްފަ އެވެ. އެއާ އެކު އައިފޯން ސޭލް ދަށްވުމުން، ހިއްސާގެ ބާޒާރުގައި އެޕަލްގެ ހިއްސާގެ އަގު ދަށްވެފައި ވީނަމަވެސް، ފަސް ޕަސެންޓް މިހާރު ވަނީ ކުރިއަރާފަ އެވެ.
އެޕަލް އައިފޯން
ހިޔާލު

އައިފޯން

އަތް ނުފޯރާފަށަށް ދިޔާމާ ގަންނަންވެސް މީހުން ބިރުގަންނާނެއްނު...ދެން އައިފޯނަކި ރިޗް ޕީޕްސް ބޭނުން ކުރާއެއްޗެއް މޮސްޓުލީ...އަހަރުމެން ފަޤީރުންނަށް ގެންގުޅެވޭނީ އެންދުރޮއިޑް: