Home minister adhi Police Commissioner GDh atholhuge baeh council thakaaeku bahdhaluvumeh baahvaifi
image
ހޯމް މިނިސްޓަ ކައުންސިލްތަކާއި ބައްދަލު ކުރައްވަނީ -- ފޮޓޯ:ޕޮލިސް
ފައުޒާ މުހައްމަދު
1 ކޮމެންޓް
 

ހޯމް މިނިސްޓަރާއި ޕޮލިސް ކޮމިޝަނަރު ގދ. އަތޮޅު ކައުންސިލާ ބައްދަލުކުރައްވައިފި

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޕޮލިސް ކޮމިޝަނާ މުހައްމަދު ހަމީދު ގދ. އަތޮޅުގެ ކައުންސިލާއި، ތިނަދޫ ކައުންސިލާއި، ހޯދެއްދޫ ކައުންސިލާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި އެވެ.
އެ ބައްދަލުވުން އޮތީ ހޯމް މިނިސްޓަރާއި، ޕޮލިސް ކޮމިޝަނަރު ގދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގަ އިއްޔެ ހެނދުނެވެ. އެ ބައްދަލުވުމުގައި ވަނީ ކައުންސިލުތަކަށް ދިމާވާ ދަތިތައް އޮޅުންފިލުވައި ކައުންސިލްތަކާއި ފުލުހުން ގުޅިގެން މަސައްކަތް ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ.

އޭގެ އިތުރުން ކުށްމަދު ކުރުމަށް ކައުންސިލްތަކާއި ގުޅިގެން ކުރެވިދާނެ ކަންކަމާއި ގުޅޭ ގޮތުން ވެސް ވަނީ މަޝްވަރާ ކުރައްވާފަ އެވެ.

މަޑަވެލީ ކައުންސިލާއި ހޯޑެއްދޫ ކައުންސިލާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމުގައި، އެދެރަށުގައި ފުލުހުންގެ ހިދުމަތް އަލުން ފެށުމާ ގުޅޭގޮތުންނާއި ރަށުތެރޭގައި ކުށްމަދު ކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.
ހިޔާލު

ގަމާރު

މަޑަވެލިހޯޑެއްދޫގައި ވީހާވެސް އަވަހަކައް ފުލުހުންގެ ޚިދުމަތްދިނުން ވަރައްމުހިންމު ޑުރަގުވިޔަފާރިއާއި ވައްކަން އިންތިހާއަށް އިތުވެފަވަނީ ރައްޔިތުންނައް އަމާންކަމެއްނެތް ރުކުގަހުންނަކާއްޓާއި ކުރުބާ ކެޔޮގަނޑު ކަހަލަ އެޗެހި ވިއްކަނީ ގޭގެއިން ވައްކަންކުރަނީ