2015 ge May Day akee kaamiyaabeh, adhives haasil kuran jehey kankan eba huri: Home Minister
image
މިނިސްޓަރު އިމްރާން ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަނީ--- ފައިލް ފޮޓޯ
0 ކޮމެންޓް
 

2015ގެ މޭޑޭއަކީ ކާމިޔާބެއް، އަދިވެސް ހާސިލްކުރަން ޖެހޭ ކަންކަން އެބަހުރި: ހޯމް މިނިސްޓަރު

އަނިޔާވެރިކަމާ ދެކޮޅަށް ދިވެހިން ކުރި މަސައްކަތުން ބޮޑު ކާމިޔާބީއެއް ލިބުނު ނަމަވެސް އަދިވެސް ހާސިލުކުރަން ޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށް ހޯމް މިނިސްޓަރު އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަސް ނުވަތަ މޭޑޭއާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި އިމްރާން ވިދާޅުވީ 2015 ވަނަ އަހަރުގެ މޭޑޭގައި އަނިޔާވެރިކަމަށް ދިވެހިން ނޫނެކޭ ބުނި ކަމަށެވެ.

"މޭޑޭ 2015 ގައި ދިވެހިން ވަނީ އަނިޔާ އާއި ކޮރަޕްޝަނުގެ ކުރިމަތީގައި ހިމޭންވެ ކުޑަކަކޫ ނުޖަހާނެކަން ދައްކުވައިދީފަ. އެދުވަހު އެންމެން ގުޅިގެން އަނިޔާވެރިކަމާ ދެކޮޅަށް ފެށި މަސައްކަތަށް ބޮޑެތި ކާމިޔާބު ލިބިފައިވީ ނަމަވެސް އެންމެން އެކުގައި ހާސިލު ކުރަން ޖެހޭ ގިނަ ކަންކަން އަދި އެބަހުރި،" އެ ޓްވީޓުގައި ވެއެވެ.
ރާއްޖޭގެ ތާރީހުގައި ބޭއްވި އެންމެ ބޮޑު މުޒާހަރާގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ 2015 ވަނަ އަހަރުގެ މޭޑޭ އެއްވުމަށްފަހު އޭރުގެ ސަރުކާރުން އިމްރާން ހައްޔަރު ކުރިއެވެ.

އިމްރާނާއެކު އެ މުޒާހަރާގައި ބައިވެރިވި ގިނަ ބަޔަކު ހައްޔަރު ކުރި އެވެ. އޭރުގެ އިދިކޮޅު ފަރާތްތަކުން އެ މުޒާހަރާ ބޭއްވީ ރައީސް އަބްދުﷲ ޔާމީނުގެ އަނިޔާ އާއި ކޮރަޕްޝަނާ ދެކޮޅަށް ކަމަށް ބުނެ އެވެ.


ހިޔާލު