Zakir Naik ge Peace TV Lanka gai dhehkun manaakohfi
image
ލަންކާގައި ޕީސް ޓީވީ ދެއްކުން މަނާކޮށްފައި.
2 ކޮމެންޓް
 

ޒާކިރް ނައިކްގެ ޕީސް ޓީވީ ލަންކާގައި ދެއްކުން މަނާކޮށްފި

އިންޑިއާގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޒާކިރް ނައިކްގެ ޕީސް ޓީވީ ދެއްކުން އިންޑިއާ އާއި ބަންގްލަދޭޝް އަދި ސްރީ ލަންކާ އިން މަނާކޮށްފި އެވެ.
ބޭރުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން އެ ތިން ގައުމުގައި ވެސް ޕީސް ޓީވީ ދެއްކުން މަނާކޮށްފައިވަނީ، އައިއެސްގެ ހަނގުރާމަވެރިން އެ ޗެނަލް ބޭނުންކޮށްގެން ޓެރަރިސްޓު ހަމަލާތައް ދޭން މީހުންނަށް ހިއްވަރުދޭ ކަމަށް ބުނެ އެވެ. ނަމަވެސް އެކަމާ ގުޅޭގޮތުން އެ ގައުމުތަކުން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެ އެވެ.

ލަންކާ އިން ޕީސް ޓީވީ ބްލޮކް ކޮށްފައިވަނީ "އީސްޓާ ސަންޑޭ" ބޮމުގެ ހަމަލާތަކާ ގުޅިގެން، އެ ގައުމުން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން ކަމަށް ވެއެވެ.

އިންޑިއާގެ ނޫސްތަކުން ބުނާގޮތުން އެ ގައުމުގައި ޕީސް ޓީވީ ދެއްކުން މަނާކުރިކަން އަދި ރަސްމީކޮށް އަންގާފައި ނުވެ އެވެ. އެކަމަކު އެ ގައުމުގެ އެންމެ ބޮޑު ދެ ކޭބަލް ޓީވީ އޮޕަރޭޓަރުން ކަމަށްވާ ޑަޔަލޮގް އާއި އެލްޓީން އެ ޗެނަލް މިހާރު ނުދައްކާ ކަމަށް ނޫސްތަކުން ބުނެ އެވެ.

ޒާކިރް ނައިކްގެ އިސްލާމިކް ރިސާޗް ފައުންޑޭޝަނުން ހަރުކަށި ހިޔާލުތައް ފަތުރާ ކަމަށް ތުހުމަތުކޮށް އިންޑިއާ އިން އަންނަނީ، 2016 ވަނަ އަހަރުން ފެށިގެން އެ މައްސަލަ ވެސް ބަލަމުންނެވެ. އަދި މީގެ ކުރިން ވެސް ބައެއް ގައުމުތަކުން ޕީސް ޓީވީ ދެއްކުން މަނާކޮށް، ޒާކިރް ނައިކް ބައެއް ގައުމުތަކަށް އެރުން ވެސް މަނާކޮށްފައި ވެއެވެ.
ހިޔާލު

ވާނު

ޔާހުދީ ޓީވި ޗެނަލް ތައްވެސް ބޭން ކޮއްބަލަ ކުށެއް ނެތް ކިތައް ރައްޔަތުން މަރަމުން އެދަނި..ހުޅަނގު ގެ ޓީވި ތައް ވެސް.

ނުދަންނަ މީހާ

ދީނުގަ ކަންކަން އޮންނަގޮތް އަންގައިދިނުމަކީ ޓެރަރިޒަމްގެ ހަމަލައެއް ނޫން!