Kureege raees Yameen ge verikamugai vazeefaain vakikuri 6 meehakah alun vazeefaa dheefi
image
ކާޑެއްދޫ އެއާޕޯޓު--
މާއިދާ މުހައްމަދު ރަޝާދު
1 ކޮމެންޓް
 

ކުރީގެ ރައީސް ޔާމީނުގެ ވެރިކަމުގައި ވަޒީފާއިން ވަކިކުރި ހަ މީހަކަށް އަލުން ވަޒީފާ ދީފި

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ކާޑެއްދޫ ރީޖަނަލް އެއާޕޯޓުގައި މަސައްކަތްކުރަމުން އައި ހަ މީހަކު ވަޒީފާއިން ވަކިކޮށްފައިވަނިކޮށް އެމީހުންނަށް އަލުން ވަޒީފާ ދީފިއެވެ.
މިދިޔަ ޖޫން މަހުގެ އެއް ވަނަ ދުވަހު އެމީހުން ވަޒީފާއިން ވަކިކޮށްފައި ވަނީ ރީޖަނަލް އެއާޕޯޓުން މުރާޖައާކޮށް ކޮންމެހެން ގެންނަން ޖެހޭ ބަދަލުތަކެއް ގެނައުމުން އެ މުވައްޒަފުން އަދާކުރަމުން އައި މަގާމުތައް އުވިފައިވާތީ ކަމަށް ބުނެއެވެ. އެގޮތުން ވަޒީފާއިން ވަކިކުރީ ގދ. ތިނަދޫއަށް ނިސްބަތްވާ ހަތަރު މީހަކާއި ގދ. މަޑަވެއްޔަށް ނިސްބަތްވާ ދެ މީހެކެވެ.

އެ އެއާޕޯޓުގެ ޑިރެކްޓަރު ސާމީ އަގީލް ސޮއިކޮށް އެ ހަ މުވައްޒަފުންނަށް ފޮނުވި ނޯޓިސްގައި އެކަން އެންގިއިރު ވަޒީފާ އަލުން ދީފައިވާ ލިޔުމުގައި ވެސް ސޮއިކުރައްވާފައި ވަނީ ސާމީ އަގީލެވެ. އެގޮތުން މިއަދުން ފެށިގެން އެމީހުންނަށް ވަޒީފާ ހަމަޖެހިފައިވާ ކަމަށް ބުނެފައި ވެއެވެ.

މުރާޖާކުރުމުގެ ސަބަބުން އެ މުވައްޒަފުން އަދާކުރަމުން އައި މަގާމުތައް އުވުނު ކަމަށް އެ ހަ މުވައްޒަފުންނަށް އެންގިއިރު އެ މުވައްޒަފުން ތިބި މަގާމުތަކުގައި ތިބި އެހެން އެއްވެސް މުވައްޒަފެއް ވަޒީފާއިން ވަކިކޮށްފައެއް ނުވެއެވެ. އެ މުވައްޒަފުން ވަނީ ވަޒީފާއިން ވަކިކުރުމަށް ނޯޓިސް ފޮނުވާފައިވަނީ އެއާޕޯޓްސް ރަސްމީ އީމެއިލަކުން ނޫން ކަމަށާއި އީމެއިލް ލިބުނީ އެއާޕޯޓްގެ މުވައްޒަފެއްގެ މެއިލްއަކުން ކަމަށް ވެސް ބުނެފައެވެ. އަދި އެ ލިޔުމުގައި ޑިރެކްޓަރުގެ ސޮއި އޮތް ނަމަވެސް ކުންފުނީގެ ތަތްގަނޑު ނެތް ކަން ވެސް ފާހަގަކޮށްފައެވެ.

ރައީސް ޔާމީނުގެ ސަރުކާރުން ވަނީ އޭރު އިދިކޮޅު ކޯލިޝަނަށް ތާއީދުކޮށް ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރި ފަރާތްތަކާއި އިދިކޮޅު ކެމްޕެއިނުތަކުގައި ބައިވެރިވި ބައެއް ފަރާތްތައް ވަޒީފާއިން ވަކިކޮށް އަނެއް ބަޔަކުގެ ވަޒީފާ ދުރު ހިސާބުތަކުގެ ރަށްރަށަށް ބަދަލުކޮށްފައެވެ. އެކަމަކު ކެމްޕެއިނު ދުވަސްވަރުވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ނުހައްގުން ވަޒީފާއިން ވަކިކުރި މީހުންނަށް އަލުން އަނބުރާ ވަޒީފާ ހޯދައިދޭނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.
ހިޔާލު

އަހުމަދު

މިހާރުވެސް ސާމީ އޤީލްތަ... ހަމަ އެވަޒީފާ އިޔާދަވީ
އެއިރު ވަކިކުރީމަ އެލިބުނުގެއްލުން އަނެއްކާދައުލަތުން. މިކަހަލަ ގެއްލުމުގެ ބަދަލުދޭންޖެހޭނީ ސޮއިކުރިމީހާ. ވެރިޔާއަށް .ވައި. އަޅުވަން ދަށުގެ މުއައްޒަފުނ.ަށްހުރިހާގެއްލުމެއްމިދެނީ....