Bharat ge dhevana lava nerefi
image
ކެޓްރީނާ އާއި ސަލްމާން---
0 ކޮމެންޓް
 

ބާރަތުގެ ދެވަނަ ލަވަ ނެރެފި

ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު ގެ ކުރިއަށް އޮތް ފިލްމު "ބާރަތު"ގެ ދެވަނަ ލަވަ ނެރެފިއެވެ.
"ޗާޝަނީ" ނަމަކަށް ކިޔާ އެލަވަ ނެރެފައިވަނީ އިއްޔެއެވެ. ލަވައިގައި ފިލްމުގެ ލީޑު ރޯލުން ފެނިގެންދާ ސަލްމާނު ހާން އާއި ކެޓްރީނާ ކައިފް ފެނިގެންދާ އެލަވަ ކިޔާފައިވަނީ ވިޝާލް އާއި ޝޭކަރް އެވެ.


އެލަވަގައި ރީތި ހިތްގައިމު މަންޒަރުތައް ފެނިގެންދާއިރު ގިނަ ބަޔަކަށް ވަނީ އެލަވަ ކަމުގޮސްފައެވެ. އެގޮތުން ފަސް ލައްކަ އަށް ވުރެ ގިނަ މީހުން އެލަވަ މިހާތަނަށް ބަލާފައިވާއިރު ގިނަ ބަޔަކު މިހާރު ތިބީ ފިލްމު ނެރޭނެ ދުވެހެއްގެ އިންތިޒާރުގައެވެ.

"ބާރަތު" ގައި ސަލްމާނު އާއި ކެޓްރީނާގެ އިތުރުން ފެންނާނެ ތަރިންގެ ތެރޭގައި ޖެކީ ޝްރޮފް، ތައްބޫ، ޑިޝާ ޕަޓްނީ، އަދި ނޯރާ ފަތުހީ ހިމެނެއެވެ. އަދި ވަރަށް ހާއްސަ ފެނިލުމަކުން ވަރުން ދަވަން ފެންނާނެ އެވެ. އެ ފިލްމަކީ މި އަހަރުގެ ފިތުރު އީދުގައި ރިލީޒްކުރަން ނިންމާފައިވާ ފިލްމެކެވެ.

"ބާރަތު" އަކީ 2014 ވަނަ އަހަރު ނެރެފައިވާ ދެކުނު ކޮރެއާގެ ފިލްމެއް ކަމަށްވާ "އޯޑް ޓު މައި ފާދާ' ގެ ރިމޭކެކެވެ.
ހިޔާލު