Service charge in vahkankurun huhtaalaa: Mayday Hingaalumuge baiverin
image
މިއަދު މޭޑޭ ހިނގާލުމުގެ ތެރެއިން: ފޮޓޯ ޓްވިޓަރ
ގުފްތަގު އަޖީރު
0 ކޮމެންޓް
 

"ސާވިސްޗާޖުން ވައްކަންކުން ހުއްޓާލާ!" : މޭޑޭ ހިނގާލުމުގެ ބައިވެރިން

ރިސޯޓުތަކާ ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް ލިބޭ ސާވިސްޗާޖުން "ވައްކަންކުރުން ހުއްޓާލުމަށް" މޭޑޭ ހިނގާލުމުގެ ބައިވެރިން ގޮވާލައިފިއެވެ.
އެމީހުން ވަނީ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މީހުންގެ ހައްގުތައް ކަށަވަރުކުރުމަށް އިތުރަށް މަސައްކަތް ކުރަންޖެހޭކަމަށްވެސް ބުނެފައެވެ.

މިއަދުގެ ހިނގާލުމުގައި ޖުމްލަ ގޮތެއްގައި ބައިވެރިވި މީހުންގެ އަދަދު އެހެން އަހަރުތަކަށްވުރެ މަދެވެ. އެހެން ނަމަވެސް، ރަސްފަހުން ފެށިގެން މަޖިދީމަގުން އިރަށް ގޮސް އާޓިފިޝަލް ބީޗަށް ނިންމާލި ހިނގާލުމުގައި ވަނީ ދިވެހިރާއްޖޭގެ މަސައްކަތްތެރިންނަށް ދިމާވާ ގިނަ މައްސަލަތަކެއް ފާހަގަކޮށްފައެވެ.

މިގޮތުން ހިނގާލުމުގެ ބައިވެރިން ވަނީ "ކޯޓުތަކުގައިވާ މަސައްކަތެރިންނާ ގުޅުންހުރި މައްސަލަތައް އަވަސް ކުރުމަށް" ވެސް ގޮވާލާފައެވެ.

"ހައްގުވާ ޕްރޮމޯޝަންތައް ނުދީ ހިފަހައްޓާފައި ވުމަކީ މައްސަލައެއް. ހައްގުވާ ޕްރޮމޯޝަންތައް ދޭންޖެހޭ. މުވައްޒަފުން މަސައްކަތުގެ މާހައުލުގައި އެކަހެރި ކުރުމަކީ މައްސަލައެއް،" ކަމަށް ބައިވެރިން ބުނެފައިވެއެވެ. އަދި "ހުދާ ކަޅުން ވަޒީފާއާ ބެހޭ ގާނޫނުގައި ލިޔެފައި އޮތުމުން ހައްގުތައް ނުލިބޭނެ" ކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން މިނިވަން ވޭޖް އަވަސް ކުރުމަށްވެސް ވަނީ ގޮވާލާފައެވެ.
މޭޑޭ ވަޒީފާ
ހިޔާލު