Kulhudhuffushi beach saafu kurumuge harakaatheh baavvanee
image
ކުޅުދުއްފުށި--- ފޮޓޯ: މޯލްޑިވްސް އިންޑިޕެންޑެންޓް
0 ކޮމެންޓް
 

ކުޅުދުއްފުށި ބީޗް ސާފުކުރުމުގެ ހަރަކާތެއް ބާއްވަނީ

ހދ. ކުޅުދުއްފުށީގެ ބީޗް ސާފުކުރުމުގެ ހާއްސަ ހަރަކާތެއް މިއަދު ހަވީރު ކުރިއަށް ގެންދިޔުމަށް ނިންމައިފި އެވެ.
މިއަދު ހަވީރު 04:15 އިން 05:30 އަށް ކުރިއަށް ގެންދާ އިވެންޓް ފެށުމަށް ހަމަޖެހިފައި ވަނީ ކުޅުދުއްފުށި ޒޯން ސްޓޭޑިއަމް ސަރަހައްދުންނެވެ.

އެ ހަރަކާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން 9877808 އަށް ގުޅައިގެން ނުވަތަ މެސެޖުކޮށްގެން ރެޖިސްޓާވުމަށް އިންތިޒާމްކުރާ ފަރާތުން އެދެ އެވެ.

ހަރަކާތުގައ ކުޅުދުއްފުށީގެ ސްކޫލު ދަރިވަރުންނާއި، އެންވާރަމަންޓް މިނިސްޓްރީ އާއި، އެމެރިކަން ސެންޓަރާއި، އެޑިއުކޭޝަން މިނިސްޓްރީ އަދި ތިމާވެށި ހިމާޔަތްކުރަން މަސައްކަތް ކުރާ ޖަމިއްޔާތަކުން ބައިވެރިވެ އެވެ.
ހިޔާލު