Maamigilee accident gai zahamvi 3 meehunge haalu rangalhu: ADK
image
މާމިގިލި އެއާޕޯޓް---
އަބްދުﷲ ޔާމީން
0 ކޮމެންޓް
 

މާމިގިލީ އެކްސިޑެންޓުގައި ޒަހަމްވި ތިން މީހުންގެ ހާލު ރަނގަޅު: އޭޑީކޭ

މާމިގިލީ އެއާޕޯޓުގައި ހިނގި އެކްސިޑެންޓުގައި ޒަހަމްވި މީހުންގެ ހާލު ރަނގަޅުކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފިއެވެ.
އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓާރ އަހުމަދު އައްފާލް، ސީއެންއެމް އަށް ވިދާޅުވީ އެ އެކްސިޑެންޓާ ގުޅިގެން ތިން މީހަކު އެ ހޮސްޕިޓަލަށް ގެނެސްފައިވާކަމަށެވެ. އަދި އެމީހުންގެ ހާލު ސްޓޭބަލް ކަމަށް އައްފާލް ވިދާޅުވިއެވެ.

މާމިގިލި އެއާޕޯޓްގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި ޖުމްލަ ހަތަރު މީހުންގެ ތެރެއިން އެކަކު ވަނީ ނިޔާވެފައެވެ. އެކްސިޑެންޓު ވީމީހާ ނިޔާވެފައިވަނީ އޭނާގެ ހާލު ދެރަވެގެން މަހިބަދޫގައި އެމީހުން ގެންދިޔަ ބޯޓު ޖައްސާފައިވަނިކޮށް ކަމަށް މާމިގިލީ ކައުންސިލްގެ ނައިބުރައީސް ވަނީ ވިދާޅުވެފައެވެ.

މާމިގިލީ އެއާޕޯޓުގައި ހިނގި އެކްސިޑެންޓުގައި އެކަކުގެ ބޯ ފަޅައިގެންގޮސް ތިން މީހެއްގެ ފައި ވަނީ ބިނދިފައެވެ. މައުލޫމާތު ލިބޭ ގޮތުގައި އެކްސިޑެންޓުވި ޕިކަޕަކީ މާމިގިލީގައި ހުންނަ ވިލާ އެއާޕޯޓުގައި ބޭނުންކުރާ ޕިކަޕެކެވެ.
ހިޔާލު