Maamigili sih'hee hidhumath harudhana kurumah edhi ihuthijaajukohffi
image
ގުފްތަގު އަޖީރު
3 ކޮމެންޓް
 

މާމިގިލީ ސިއްހީ ހިދުމަތް ހަރުދަނާ ކުރުމަށް އެދި އިހުތިޖާޖުކޮށްފި

އދ. މާމިގިލީގައި އޮންނަ ވިލާ އެއާޕޯޓުގައި އިއްޔެ ހިނގި އެކްސިޑެންޓާގުޅިގެން މާމިގިލީ އެއާޕޯޓުގެ ފަޔާ ޑިޕާޓުމަންޓުގައި މަސައްކަތް ކުރާ އަހުމަދު ރަޝީދު އަބްުދުއް ޝުކޫރު ނިޔާ ވުމާ ގުޅިގެން، އެރަށުގައި ސިއްހީ ހާލަތު ހަރުދަނާ ކުރުމަށް އެދި އެރަށު ރައްޔިތުން މިއަދު އިހްތިޖާޖުކޮށްފިއެވެ.
އެރަށު ފިރިހެން ވެރިން ނުކުމެ އިހުތިޖާޖު ކޮށްފައިވަނީ އެރަށު ސިއްހީމަރުކަށު ކައިރީގައެވެ.


އެމީހުން ހިފައިގެން ތިބި ޕޯސްޓަރުތަކުގައި ބުނެފައިވަނީ މާމިގިލީގެ ސިއްހީ ދާއިރާއަށް ހުރިހާ ސަރުކާރަކުން އިހުމާލުވެފައިވާކަމަށެވެ. އަދި އއ. އަތޮޅުގައި އޮތް އެންމެ އާބާދީ ބޮޑު ރަށުގައި ސިއްހީ ހާލަތު މިހާ ދެރަކޮށް އޮތީ ކީއްވެތޯ އެމީހުން ވަނީ ސުވާލު އުފައްދާފައެވެ.

މާދަމާވެސް މި އިހުތިޖާޖު ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.


މާމިގިލި އެއާޕޯޓްގައި އިއްޔެ ހިނގި އެކްސިޑެންޓްގައި އަނިޔާވި ޖުމްލަ ހަތަރު މީހުންގެ ތެރެއިން އެކަކު ވަނީ ނިޔާވެފައެވެ. އެކްސިޑެންޓު ވީމީހާ ނިޔާވެފައިވަނީ އޭނާގެ ހާލު ދެރަވެގެން މަހިބަދޫގައި އެމީހުން ގެންދިޔަ ބޯޓު ޖައްސާފައިވަނިކޮށް ކަމަށް މާމިގިލީ ކައުންސިލްގެ ނައިބުރައީސް ވަނީ އިއްޔެ ވިދާޅުވެފައެވެ.

އަނެއް ތިން މީހުންނަށް އަންނަނީ އޭޑީކޭގައި ފަރުވާ ދެމުންނެވެ.

މާމިގިލީ އެއާޕޯޓުގައި ހިނގި އެކްސިޑެންޓުގައި އެކަކުގެ ބޯ ފަޅައިގެންގޮސް ތިން މީހެއްގެ ފައި ވަނީ ބިނދިފައެވެ.
ހިޔާލު

ގަމާރު

ތިރަށުމީހުންވެސް ސޭޓްނޫން އެހެން ގޮތެއްހޯދަންވެއްޖެ

މުންދު

ކޮބާތަ ތިޔަ ބޭދުޅުންގެ ގާއްޓޭ.. ތިވަރަށް ސިއްޙީ ޙާލަތު ދަށްވެގެން ދިޔަނުދިނުމަށް ކުރަންޖެހޭ ކަންކަމުގެ ވާހަކަދޯ ސަރުކާރުގެ ކެނޑިޑޭޓް ހާމަކޮށްދިނީ. ހަމަ ޖެހިވަޅަށް ޖަހައިގެން ތިޔަ ތިއްބެވީ. މިދިޔަ އިންތިޚާބުގަވެސް ވިސްނާލުމަށް ދިން ފުރުޞަތު ގެއްލުވާލީ. ދެން ރައީސަށް ދަންނަވާ އަދި މާފަށްވެސް އެދެންވީ.... އަދި ރަނގަޅު ކުދެވިދާނެ... ވަކި މީހަކަށް ބަރޯސާ ވާނެކަމެއް ނެތަ

ކާއްޓޭ

ތިކަމުގެ ޒިމާނަގަން ޖެހެނީ ބުރުމާ ގާސިމް