Noosverikamuge minivanakamah Rilwan aa Yamin ah insaafu hodhaidheynan: Raees Salih
image
ބްލޮގަރު ޔާމީން ރަޝީދުގެ މަރަށް ދެ އަހަރު ފުރުމާ ގުޅިގެން އޭނާ އަށް އިންސާފު ހޯދަން ގޮވާލާ ބޭއްވި ހިނގާލުމުގައި ރަައީސް ސާލިހު: ފައިލް ފޮޓޮ މިހާރު
ގުފްތަގު އަޖީރު
3 ކޮމެންޓް
 

ނޫސްވެރިކަން މިނިވަން ކުރުމަށް ރިލްވާނާއި ޔާމީނަށް އިންސާފު ހޯދައިދޭނަން: ރައީސް ސާލިހު

ނޫސްވެރިކަމުގެ މިނިވަންކަމަށް މި ކުރާ މަސައްކަތުގެ އެންމެ މުހިންމު އެއްބަޔަކީ، ވީނުވީއެއް ނޭނގި ގެއްލުވައިލާފައިވާ، މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިލްވާނާއި، ވަރަށް އިހާނެތި ގޮތަކަށް މަރާލާފައިވާ، އިންޓަރނެޓް ބްލޮގަރ ޔާމީން ރަޝީދުގެ ޢާއިލާއަށް އިންސާފު ހޯދައިދިނުންކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރަހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
"ވާލްޑް ޕްރެސް ފްރީޑަމް ޑޭ" ނުވަތަ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސް ސާލިހު ވިދާޅުވީ، ޔާމީނާއި ރިލްވާނުގެ އާއިލާއަށް އިންސާފުހޯދައި ދިނުމަށް މި ސަރުކާރުން ފަށާފައިވާ މަސައްކަތް ހުއްޓުމެއްނެތި، ކުރިއަށްދާނެކަމަށެވެ. އެ ދެ ޒުވާނުންގެ މަސައްކަތް ރަމްޒުކޮށްދެނީ، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ މުހިންމު ކަމެވެ.

"ޒަމާނުއްސުރެ ރާއްޖޭގައި ދަމަހައްޓަމުން އައި ސަޤާފަތަކީ، ނޫސްވެރިކަމުގެ މިނިވަންކަމުގެ ލަގަން ސަރުކާރުގެ މުށުތެރޭގައި ބޭއްވުމެވެ. މި ސަރުކާރު ފެށުނުއިރުވެސް، ޚިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން އޮތީ، [އަބުރު ރައްކާތެރި ކުރުމާއި ޚިޔާލު ފާޅުކުރުމުގެ ޤާނޫނު]ގެ ވަކިތަކުން ހިފަހައްޓައި، ކަސްތޮޅު އަޅުވައިފައެވެ. ނަމަވެސް ފެންނަން އޮތް ޙަޤީޤަތަކީ، އެކަން އެގޮތަށް ކުރުމުން، ރާއްޖެއަށް ލިބުނު މޮޅެއް، އަދި ސަރުކާރަށް ލިބުނު ފައިދާއެއް ނެތް ކަމެވެ." ރައީސްް ސާލިހު ވިދާޅުވިއެވެ.

ރައީސްްގެ ހިތާބުގައި ވިދާޅުވީ ސަރުކާރުގެ ކަންކަމަށް ފާޑުކިޔުމުގެ ދޮރު ބަންދުކުރުމުން، މުޅި ދައުލަތް ހިންގުމުގެ ނިޒާމު ބޮއްސުންލައި، ކޮރަޕްޝަނާއި ފަސާދަ ޢާންމުވިކަމަށެވެ. ދައުލަތުގެ މުދަލާއި ފައިސާއިން ވައްކަން ކުރުމާއި ހިޔާނާތްތެރިވުން އިންތިހާއަށް އިތުރުވެގެންދިޔައެވެ. ނަތީޖާއަކަށްވީ، ވާރލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ އަހަރުން އަހަރަށް ދަށަށް ގޮސް، މިދިޔަ 2018 ވަނަ އަހަރު ނިމުނުއިރު، އެ އިންޑެކްސްގެ 120 ވަނައަށް ރާއްޖެ ވެއްޓުންކަމަށެވެ.
ހިޔާލު

މުހައްމަދު އަކުރަމް

މިނިވަން ވެއްޖެތޯ؟ ސަރުކާރަށް ސަނާކިޔުން އެކަނި މީޑިއާގެ ރޯލަކީ. ސަރުކާރަށް 5 މަސް ވީއިރު ބޯހިޔާ ވަހިކަން ހައްލުނުކޮށްދެވޭ. އަސާސީ އަދި ސިއްހީ ދާއިރާއަށް ހައްލެ ނުލިބޭ. ޕްލޭނެއްވެސް އަދި ނެތް. ހާމަ ކޮށްފައި ނެތް. ހުސް ވާހަކަ. ހިލޭ އެހީގެ ގޮތުގައި ލިބުނު ކަމަށް ބުނާ ފައިސާ ފިނޭންސުން ފެންނާކަށް ނެތް. އަގުހެޔޮ ކުރި ކަރަންޓު ބިލު ވީ ބޮޑު. ކޮންސްޓްރަކްޝަން ސިނާއަތް ހުއްޓުމަކަށް. ދައުލަތުން އިތުރު މަޝްރޫއުތަކެއް ނުފެށޭ. ހިނގާ މަސައްކަތްތައް ލަސްވުމާއި ހުއްޓުމަކަށް. ރައީސް ބުނާ ބަސް ދެކޮޅު ނުޖެހޭ. ގެއްލުންވާ ކަމަށް ބުނީ ކުންފުނިތަކުން ރެކޯޑު ޕްރޮފިޓް. 6 މަހުގެ ޗުއްޓީ ވިހެއުމުން ދޭން ބުނި އިރު، ދައުލަތާއި ކުންފުނިތަކަށް ވާ ގެއްލުން ފޫބައްދާނެ ފޯމިއުލާއެއް ނެތް. ޔޫތް ސިޓީ އެމެރިކާގެ "އޭރިއާ51" އަށް ވެއްޖެ. އެތަނަށް ވަދެވީ މީހެއް މީޑިއާއެއް ނެތް. މީގެން އެއްވެސް ވާހަކައެއް މީޑިއާތަކުން ތަފްސީލުކޮށްދެވުނުތޯ؟ ރައިސާއި ސުވާލުކޮށްލާ ޖަވާބު ހޯދާލަން ކެރުނުތޯ؟ ނުލިބުނުވާހަކަވެސް ނުލިޔެވޭ.

ސައިނީ

ރައީސް އަބަދު އެއްވާހަކައެއް ކުރެވުނު ކަމެއް ނެއް ބޯ ހަލާކު

ސަލީމް

5 އަހަރު ވާ އިރު ވެސް ތިހެން ކިޔާލަ ކިޔާލަ ކަންނޭގެ ހުންނާނީ. ކޮމިޝަން ހަދައިގެން އަންހެނުންގެ ޅިޔަނު ސީޕީ އަށް ލައިގެން ކީއްތަ ތި ކުރަނީ ގައިމުން 6 ހަމަސް ވާއިރު ވީ ކަމެއް ހަރާމް