STO inn petrol aai diesel ge agu bodukoffi
image
ޕެޓްރޯލް ޝެޑެއް ކައިރި ކިޔު ހަދާފައި---ފައިލް ފޮޓޯ
1 ކޮމެންޓް
 

އެސްޓީއޯއިން ޕެޓްރޯލާއި ޑީސަލުގެ އަގު ބޮޑުކޮށްފި

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ޕެޓްރޯލާއި ޑީސަލުގެ އަގު ބޮޑުކޮށްފި އެވެ. އެސްޓީއޯ އިން ބުނީ ޕެޓްރޯލް ލީޓަރަކުން 70 ލާރި އަދި ޑީސަލް ލީޓަރަކުން 50 ލާރި ބޮޑުކޮށްފައިވާ ކަމަށެވެ.
މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރެއް ލިބޭނީ 11.49 ރުފިޔާއަށެވެ. ކުރިން ވިއްކަމުން އައީ 10.79 ރުފިޔާއަށެވެ. އަދި ޑީސަލް ލީޓަރެއް ކުރިން 11.61 ރުފިޔާ އަށް ލިބުން ނަމަވެސް ދެން ލިބޭނީ 12.22 ރުފިޔާއަށެވެ.

ޕެޓްރޯލާއި ޑީސެލްގެ އަގު އެންމެ ފަހުން ބޮޑުކޮށްފައި ވަނީ މާޗު މަހުގެ 15 ގައެވެ. އެސްޓީއޯ އިން ބުނީ އަގަށް ބަދަލު އަންނަނީ ދުނިޔޭގެ މާކެޓުގެ ތެލުގެ އަގަށް އަންނަ ބަދަލުތަކާ ގުޅިގެން ކަމަށެވެ.

އެސްޓީއޯ ތެޔޮ
ހިޔާލު

ރާއްޖެެތެރޭ މީހާ

♥️✨رمضان مبارك✨💫 އެސްޓިއޯ ވެރިންނައް..