Siyaasathu thakaa medhu rayyithun dhekey goiy haama kurumakee sarukaarun edhey goiy: Home Minister
image
މިނިސްޓަރު އިމްރާން ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަނީ--- ފައިލް ފޮޓޯ
3 ކޮމެންޓް
 

ސިޔާސަތުތަކާމެދު ރައްޔިތުން ދެކޭ ގޮތް ހާމަކުރުމަކީ ސަރުކާރުން އެދޭ ގޮތް: ހޯމް މިނިސްޓަރު

ސަރުކާރުގެ ސިޔާސަތުތަކާމެދު ރައްޔިތުންގެ ވިންދާއި ރޫހު ހުންނަ ގޮތް މީޑިއާ މެދުވެރިކޮށް ހާމަކުރުމަކީ ސަރުކާރުން އެދޭ ގޮތް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން ދެއްވި މިނިސްޓަރުގެ މެސެޖުގައި އިމްރާން ވިދާޅުވީ ނޫސްވެރިކަން ކުރިއަރުވާ ތަރައްގީ ކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ.

"ނޫސްވެރިކަން ކުރިއަރުވާ ތަރައްގީކޮށް، ގައުމީ ތަރައްގީ އާއި، ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރޭގައި ނޫސްވެރިންނަށް މިނިވަންކަމާއެކު އެމީހުންގެ ދައުރު އަދާކުރެވޭނެ މާހައުލެއް ގާއިމް ކުރުމަކީ ސަރުކާރުގެ ވަރަށް މުހިއްމު އަމާޒެއް،" އެ މެސެޖުގައި ވެއެވެ.

އޭގެ އިތުރުން ދައުލަތުގެ ކަންކަމަށް ފާރަވެރިވެ، ކަންކަން ހިނގާ ގޮތާ މެދު ރައްޔިތުންގެ ސަމާލުކަން ގެނައުމަކީ ވަރަށް މުހިއްމު ކަމެއްގެ ގޮތުގައި އިމްރާންގެ މެސެޖުގައި ފާހަގަކޮށްފައި ވެއެވެ.

"ސަރުކާރުގެ ސިޔާސަތުތަކާމެދު ރައްޔިތުންގެ ވިންދާއި ރޫޙު ހުންނަގޮތް ރީތިކޮށް ފެންނާނެހެން ލިޔެ، އިއްވައި، ދެއްކުމަކީ ސަރުކާރު އެދޭގޮތް،" އިމްރާން ވިދާޅުވި އެވެ.

ނޫސްވެރިކަމުގެ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު، ބައިނަލްއަގްވާމީ ޕްރެސް ފްރީޑަމް އިންޑެކްސް ނުވަތަ ނޫސްވެރިކަމުގެ މިނިވަންކަން ކަނޑައަޅާ މިންގަނޑުން ރާއްޖެ ވަނީ 22 ދަރަޖަ ކުރިއަށް ޖެހިލާފަ އެވެ.

ހިޔާލު

ގޫބައްޑާ

ސިޔާސަތަށް ރައްޔިތުން ފާޑު ކިޔަން ލިބޭ ހަމައެކަނި ޕްލެޓް ފޯމަކީ މި " ކޮމެންޓް ގޮޅި".
މިތާ ލިޔާ އެއްޗެއް ނޫހުން ޕަބްލިޝްއެއްނުކުރެ.

ޢިބޫ

ސިޔާސަތު ރަނގަޅު އެކަމު ވަރަށް ސްލޯކޮށް ދަނީ، ބައެއް ތަންތާގަ އެބަތިބި ވަރަށް މިނިސްޓަރ ހެދިފަތިބިމީހުން އެމީހުން އެބަޖެހޭ ބަދަލުކުރަން އޭރަށް ރަނގަޅުވާނެ

އެމްކޭ

ސަރުކާރު ސިޔށސަތު ތަކައް މަރުހަބާ މީހުންދިރިއުޅޭ ރައްރަށުގައި ފުލުންގެ ޚިދުމަތްދިނުން ވަރައް މުހިންމު މަސްތުވާތަކެތީގެ މައްސަލައާއި ވައްކަން އިންތިހާޔައްވަނީ ކުރިއަރާފަ ވޭތުވެދިޔަ5އަހަރު