Noosverikamuge Minivankamuge beynun heyogothugai hifumah naib raees edhilahvaifi
image
ނައިބު ރައީސް ފައިސަލް ނަސީމް-- ފޮޓޯ: ރައީސް އޮފީސް
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

ނޫސްވެރިކަމުގެ މިނިވަންކަން ހެޔޮ ގޮތުގައި ހިފުމަށް ނައިބު ރައީސް އެދިލައްވައިފި

މިނިވަން ނޫސްވެރިކަމުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށާއި، ނޫސްވެރިކަމުގެ މަސައްކަތުގައި ވީހާވެސް ތެދުވެރިކަމާއެކު ސައްހަ މައުލޫމާތު ފެތުރުމުގައި ދެމި ތިބުމަށް ނައިބު ރައީސް ފައިސަލް ނަސީމް ރާއްޖޭގެ ނޫސްވެރިންގެ ކިބައިން އެދިވަޑައިގެންފިއެވެ.
ދުނިޔޭގެ ނޫސްވެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ނޭޝަނަލް އާޓް ގެލަރީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ނައިބް ރައީސް ވިދާޅުވީ، ވޭތުވެދިޔަ އަހަރުތަކަކީ ނޫސްވެރިކަމުގެ މާހައުލަށް އައި ކަޅު އަނދިރި ދުވަސްތަކެއް ކަމަށާއި، ރާއްޖޭގެ ނޫސްވެރިން ނޫސްވެރިކަމުގެ ޒިންމާ އަދާކުރަމުން ދިޔައީ ވަރަށް ގިނަ ގޮންޖެހުންތަކަކާއިއެކު، ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި ތިބެގެން ކަމަށެވެ. އެކަމަކު އެ ބިރުވެރިކަމުގެ ތެރޭގައި ވެސް ދިވެހި ނޫސްވެރިން މަސައްކަތް ކުރެއްވީ ވަރަށް ސާބިތު ކަމާއެކު ކަމަށް ނައިބް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރައްވައެވެ.

އޭގެ އިތުރުން ނައިބް ރައީސް ވިދާޅުވީ، މިނިވަން ނޫސްވެރިކަމަކީ ފުރިހަމަ ޑިމޮކްރަސީއެއްގެ މުހިންމު އެއް އަސާސްކަމުން މިނިވަން ނޫސްވެރިކަމަކާ ނުލާ ގައުމަކަށް ދިރުމެއް އަދި ހަމަޖެހުމެއްވެސް ނުލިބޭނެ ކަމަށެވެ. އެހެންވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު އެންމެ ފުރަތަމަ ކުރެއްވި މަސައްކަތްޕުޅަކީ ނޫސްވެރިކަމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމުގައިވާ އަބުރުގެ ގާނޫނު އުވައިލައްވައި ނޫސްވެރިންނަށް ދުލާއި ގަލަމުގެ މިނިވަންކަން އަލުން އިއާދަކޮށްދެއްވުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި، ދުނިޔޭގެ ގައުމު ތަކުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ މިންގަޑު ވަޒަންކޮށް ކަނޑައަޅާ ރިޕޯޓާސް ވިތައުޓް ބޯޑާސްގެ ޕްރެސް ފްރީޑަމް އިންޑެކްސްއިން ރާއްޖެ ހޯދި ކުރިއެރުމުން އެކަނިވެސް މި ސަރުކާރު އައި ފަހުން ނޫސްވެރިކަމަށް ފަހި މާހައުލެއް ލިބެމުން އަންނަކަން އަންގައިދޭ ކަމަށް ވެސް ނައިބް ރައީސް ވިދާޅުވިއެވެ.

ނައިބް ރައީސް އިތުރަށް ވިދާޅުވީ، ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރާއިރު، ވީނުވީއެއް ނޭނގި ގެއްލުވައިލާފައިވާ، މިނިވަން ނޫހުގެ ނޫސްވެރިޔާ އަހިުމަދު ރިލްވާންއާއި މަރާލާފައިވާ އިންޓަނެޓް ބްލޮގާ ޔާމީން ރަޝީދުގެ ހަނދާން އާ ކުރަން ޖެހޭކަމަށެވެ. އެ ދެ ނޫސްވެރިން ވަކިވެދިއުމަކީ، ދިވެހި ނޫސްވެރިންގެ އާއިލާއަށް ލިބުނު ވަރަށް ބޮޑު ހިތާމައެއްކަން ފާހަގަކުރައްވާ ވިދާޅުވީ އުންމީދު ކުރައްވަނީ، އިންސާނިއްޔަތުކަމެއްނެތި ހިންގާފައިވާ އެ ދެ ޖަރީމާގެ ހަގީގީ ކުށްވެރިން ހޯދައި، އެކަމުގެ ހަގީގަތް ވީހާވެސް އަވަހަކަށް ހާމަކުރެވޭނެ ދުވަހެއް އައުން ކަމަށެވެ.
ހިޔާލު