"Sifa Ufaa 2019" rey baahvaifi
image
ރޭ ބޭއްވި ޝޯގެ ތެރެއިން---ފޮޓޯ:އެމްއެންޑީއެފް
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

"ސިފަ އުފާ 2019" ރޭ ބާއްވައިފި

ދިވެހި ސިފައިންގެ 127 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ކުރިއަށްގެންދިޔަ "ސިފަ އުފާ ޝޯ 2019" ރޭ ބާއްވައިފިއެވެ.
ރޭ ކަޅުތުއްކަލާކޮށީގައި ބޭއްވި އެ ޝޯ ފެށިގެން ގޮސްފައިވަނީ ސިފައިންގެ އެކި ހިދުމަތްތައް ދައްކުވައިދޭގޮތަށް ތުއްތު ކުދިންތަކެއް ހުށަހަޅައިދިން ހަރަކާތްތަކަކުންނެވެ.

އެޝޯގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވާއިރު ސިފައިންގެ ހިދުމަތުގައި ގިނަ ދުވަސްތަކެއް ވަންދެން އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވި މަރްހޫމް މޭޖަ އަހުމަދު އާތިފްގެ ހަނދާން އާކޮށް ހާއްސަ ރިޕޯޓެއް އެ ޝޯގައި ވަނީ ދައްކާފައެވެ. އޭގެ އިތުރުން ރާއްޖޭގެ މަޝްހޫރު މިއުޒިކް ފަންނާނުންގެ ހުށަހެޅުންތައް ވެސް ވަނީ ފެނިގެން ގޮސްފަ އެވެ.

ސިފައިންގެ އެންމެ މަތީ ވެރިޔާ އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ވަނީ އެ ޝޯ ބައްލަވާލައްވާފައެވެ.

މިއުޒިކާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއެކު ބާއްވާ މި ޝޯއަކީ ކޮންމެ އަހަރަކުވެސް ސިފައިން ބާއްވާ ޝޯއެކެވެ. ސިފައިންގެ ހިދުމަތުން ޝަރަފްވެރިކަމާއެކު ވަކިވެވަޑައިގެންފައިވާ ބޭފުޅުންނާއި، ގިނަ އަދަދެއްގެ ސިފައިންނާއި ސިފައިންގެ އާއިލާތައް ޝޯބަލަން ދިޔަ އެވެ.
ސިފައިން
ހިޔާލު