Club Maldives Cup ge champion kann United BML ah
image
ބީއެމްއެލްގެ އަލީ ހާފިޒް. އޭނާ ވަނީ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައި---ފޮޓޯ: ކްލަބްމޯލްޑިވްސް.އޯގް
0 ކޮމެންޓް
 

ކުލަބް މޯލްޑިވްސް ކަޕްގެ ޗެމްޕިއަންކަން ޔުނައިޓެޑް ބީއެމްއެލް އަށް

ކުލަބް މޯލްޑިވްސް ކަޕް 2019 ގެ ޗެމްޕިއަންކަން ދެވަނަ ފަހަރަށް ބޭންކް އޮފް މޯލްޑިވްސްގެ ޔުނައިޓެޑް ބީއެމްއެލް ޓީމުން ހޯދައިފި އެވެ.
ޔުނައިޓެޑް ބީއެމްއެލް އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ 6-1 އިން ކުލަބް ވެމްކޯ ބަލިކުރުމަށް ފަހުގަ އެވެ. ބީއެމްއެލްގެ ޓީމުން ވަނީ 2016 ވަނަ އަހަރުގެ ޗެމްޕިއަންކަން ވެސް ހޯދާފަ އެވެ.

ބީއެމްއެލްގެ އަލީ ހާފިޒް ވަނީ ފައިނަލް މެޗުގައި ވެމްކޯއާ ދެކޮޅަށް ހެޓްރިކެއް ހަދާފަ އެވެ. އޭނާއަށް ވަނީ މުބާރާތުގެ ފުޓްސަލް ރަސްގެފާނުގެ އެވޯޑު ލިބިފަ އެވެ.

މުޅި މުބާރާތުގައި އޭނާ ވަނީ ބީއެމްއެލް އަށް 13 ގޯލް ޖަހައިދީފަ އެވެ. އޭގެ އިތުރުން ފެއާ ޕްލޭ އެވޯޑާއި އެންމެ މޮޅު ކޯޗުގެ އެވޯޑު ވެސް ލިބުނީ ބީއެމްއެލް އަށެވެ.




ބީއެމްއެލް ފުޓްސަލް
ހިޔާލު