Suspension gai mihaaru huree zinmaadhaaruveriya ekani: Immigration
image
އިމިގްރޭޝަނުގެ މުވައްޒަފުން ހިދުމަތް ދިނުމުގައި--
މުހައްމަދު ފަތުހުﷲ
0 ކޮމެންޓް
 

ސަސްޕެންޝަނުގައި މިހާރު ހުރީ ޒިންމާދާރުވެރިޔާ އެކަނި: އިމިގްރޭޝަން

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން މޯލްޑިވްސް އިމިގްރޭޝަނުން ސަސްޕެންޑް ކުރި ދެ މީހުންގެ ތެެރެއިން މިވަގުތު ސަސްޕެންޝަންގައި ހުރީ އެ އިދާރާގެ ޒިންމާދާރު ވެރިޔާ ހާމިދު ފަތުހުﷲ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
އިމިގްރޭޝަންގެ އޮފިޝަލަކު ސީއެންއެމަށް ވިދާޅުވީ ސިވިލް ސާވިސް ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ސަސްޕެންޑް ކޮށްފައިވަނީ ޒިންމާދާރުވެރިޔާ ހާމިދުގެ އިތުރުން އެސިސްޓެންޓް ކޮންޓްރޯލާ އަބްދުﷲ ވަހީދު ކަމަށެވެ. ނަމަވެސް އަބްދުﷲ ވަހީދުގެ ސަސްޕެންޝަން މިހާރު އުވާލާފައިވާތީ އޭނާ ވަޒީފާއަށް ނިކުންނަވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އިމިގްރޭޝަންގެ ޒިންމާދާރުވެރިޔާ ހާމިދާއި ވަހީދު ސަސްޕެންޑް ކުރީ އެއްމަސް ދުވަހަށެވެ.

ސީއެސްސީން ވަނީ އިމިިގްރޭޝަނުގެ ޒިންމާދާރުވެރިޔާ ހާމިދު ސަސްޕެންޝަނުގައި ހުރުމުން އެމަގާމަށް ޗީފް ޕްރިންސިޕަލް އިމިގްރޭޝަން އޮފިސަރުގެ މަގާމުގައި ހުންނެވި މޫސާ ރަމީޒު އައްޔަން ކުރައްވާފަ އެވެ.

އިމިގްރޭޝަންގެ އެ މައްސަލަ ސީއެސްސީން ބަލަމުން ދަނީ އިމިގްރޭޝަންގެ އެދުމުގެ މަތިން ނެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އުސޫލުން ބޭރުން ގިނަ ކަންކަން ހިންގާފައިވާތީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތި ވެފައިވާކަމަށް އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ވަނީ ވިދާޅުވެފަ އެވެ.
ހިޔާލު