Salaamathee sababuthakahtakai Pakistan foreign minister ge Raajje dhathuru cancel
image
ޕާކިސްތާނުގެ ފޮރިން މިނިސްޓަރު ޝާހް މެހްމޫދު ގުރޭޝީ---ފޮޓޯ: ސަމާ ޓީވީ
0 ކޮމެންޓް
 

ސަލާމަތީ ސަބަބުތަކަށްޓަކައި ޕާކިސްތާން ފޮރިން މިނިސްޓަރުގެ ދަތުރު ކެންސަލް

ޕާކިސްތާނުގެ ފޮރިން މިނިސްޓަރު ޝާހް މެހްމޫދު ގުރޭޝީ ރާއްޖެ އާއި ސްރީ ލަންކާއަށް ކުރުމަށް ހަމަޖެހިފައި އޮތް ދަތުރުފުޅު ސަލާމަތީ ސަބަބުތަކަށްޓަކައި ކެންސަލްކޮށްފި އެވެ.
ޕާކިސްތާނުގެ އެކްސްޕްރެސް ޓްރިބިއުން ނޫހުން ބުނީ މިމަހުގެ 2 ވަނަ ދުވަހު އެގައުމުގެ ފޮރިން މިނިސްޓަރު ރާއްޖެ އަށް ދަތުރުފުޅެއް ކުރެއްވުމަށް ތާވަލުކޮށްފައި އޮތް ކަމަށެވެ.

ސަލާމަތީ ސަބަބުތަކަށްޓަކައި ދަތުރުފުޅު ކެންސަލްކޮށްފައިވާއިރު، މޭ 3 އިން 5 އަށް ލަންކާ އަށް ކުރެއްވުމަށް ހަމަޖެހިފައި އޮތް ދަތުރުވެސް ވަނީ ކެންސަލްކޮށްފަ އެވެ.

ޕާކިސްތާނުގެ މީޑިއާ އިން ބުނީ އެ ބަދަލުތައް ގެނައީ ލަންކާ ގައި މިދިޔަ އޭޕްރިލް މަހުގެ 21 ވަނަ ދުވަހު ދިން ހަމަލާތަކާ ގުޅިގެން ކަމަށެވެ. އެ ހަމަލާތަކުގައި 253 މީހުން މަރުވި އެވެ.

ބުރާސްފަތި ދުވަހުގެ ރޭ އެމެރިކާ އިން ރާއްޖެ އަށް ނެރުނު ލެވެލް ދޭއްގެ ޓްރެވަލް އެޑްވައިޒަރީގައި ބުނެފައި ވަނީ ޓެރަރިޒަމްގެ ހަމަލާއެއް ދީފާނެ ކަމަށް ބެލެވޭތީ ރާއްޖެ ދަތުރު ކުރުމުގައި ސަމާލުވާން ޖެހޭނެ ކަމަށެވެ.
ހިޔާލު