CP cup volley mubaaraiy combine team kaamiyaabu koffi
image
ސިޕީ ކަޕް ވޮލީ މުބާރާތް ކާމިޔާބު ކުރި އަންހެން ޑިވިޜަންގެ ޗެމްޕިއަންކަން ޓީމް ކޮމްބައިން ޓީމަށް ތްރޮފީ ހަވާލުކުރަނީ---ފޮޓޯ:ޕޮލިސްލައިފް.
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ސީޕީ ކަޕް ވޮލީ މުބާރާތް ކޮމްބައިން ޓީމް ކާމިޔާބުކޮށްފި

ކޮމިޝަނަ އޮފް ޕޮލިސްގެ ވާދައިގެ ތައްޓަށް ކުޅޭވޭ އިންޓަ ޑިޕާޓްމަންޓް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޜަންގެ ޗެމްޕިއަންކަން ޓީމް ކޮމްބައިން ހޯދިއިރު ފިރިހެން ޑިވިޜަންގެ ޗެމްޕިއަންކަން ޑިވިޜަނަލް ޕޮލިސިން ކޮމާންޑް ހޯދައިފިއެވެ.
އަންހެން ޑިވިޜަންގެ ޗެމްޕިއަންކަން ޓީމް ކޮމްބައިން ހޯދީ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި މިއަދު ހެނދުނު ކުޅުނު ފައިނަލް މެޗުގައި ޓީމް ސީއޯސީ އާވާދަކޮށް ސީދާ ތިން ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. އެމެޗުގެ ސެޓްތައް ޓީމް ކޮމްބައިންއިން ކާމިޔާބުކުރީ 25-16، 25-15 އަދި 25-9 އިންނެވެ.

ފިރިހެން ޑިވިޜަންގެ ޗެމްޕިއަންކަން ޑިވިޜަނަލް ޕޮލިސިން ކޮމާންޑުން ހޯދީ މިއަދު ހެނދުނު ކުޅުނު ފައިނަލް މެޗުގައި އެސްއޯއާރުސީ އާވާދަކޮށް ސީދާ ތިން ސެޓުން ކުރިހޯދައިގެންނެވެ. އެމެޗުގެ ސެޓްތައް އެޓީމުން ކާމިޔާބުކުރީ 25-16، 25-22 އަދި 25-22 އިންނެވެ.

ސީޕީ ކަޕް އިންޓަ ޑިޕާޓްމަންޓް ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަން ޓީމަށް ޓްރޮފީއާއި މެޑަލް ބައްސަވާ ދެއްވީ ކޮމިޝަނަ އޮފް ޕޮލިސް މުހައްމަދު ހަމީދުއެވެ. ރަނަރަޕް ޓީމަށް ޓްރޮފީއާއި މެޑަލް ބައްސަވާދެއްވީ ޑެޕިއުޓީ ކޮމިޝަނަ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފްއެވެ.

ޕޮލިސް ކުލަބުން އިންތިޒާމްކޮށްގެން ބާއްވާ ސީޕީ ކަޕް ވޮލީބޯޅަ މުބާރާތަކީ ފުލުހުންގެ މުއައްސަސާގެ ކޮމާންޑް، ޑައިރެކްޓްރޭޓް އަދި ޑިޕާޓްމަންޓްތަކަށް ހުޅުވާލައިގެން މުވައްޒަފުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކޮށް އެކުވެރިން ބަދަހިކުރުމުގެ ގޮތުންނާއި ވޮލީކުޅޭނެ ހުނަރުވެރި ކުޅުންތެރިން އުފެއްދުމުގެ ގޮތުން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މުބާރާތެކެވެ.

އޭޕްރީލް މަހުގެ 24 ވަނަ ދުވަހުން ފެށިގެން މިއަދު ކުރިއަށް ގެންދިޔަ އެ މުބާރާތުގައި ޖުމްލަ 14 ޓީމަކުން ބައިވެރިވެފައިވެއެވެ. ދެ ޑިވިޜަނަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ އެ މުބާރާތުގެ އަންހެން ޑިވިޜަންގައި ހަތަރު ޓީމަކުން ބައިވެރިވެފައިވާއިރު، ފިރިހެން ޑިވިޜަންގައި ބައިވެރިވެފައިވަނީ 10 ޓީމެކެވެ.
ވޮލީ ބޯޅަ ފުލުހުން
ހިޔާލު