Immigration officialunnah inzaaru dhin fathuruveriaku airport ga hifahattaifi
image
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބައެއް އެއާލައިންތަކުގެ ފްލައިޓްތައް.-- ފޮޓޯ: އެމްއޭސީއެލް
1 ކޮމެންޓް
 

އިމިގްރޭޝަން އޮފިޝަލުންނަށް އިންޒާރު ދިން ފަތުރުވެރިއަކު އެއާޕޯޓުގައި ހިފަހައްޓައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުރި ފަތުރުވެރިއަކު އިމިގްރޭޝަން އޮފިޝަލުންނަށް އިންޒާރުދިން މައްސަލައަކާ ގުޅިގެން އެއާޕޯޓުގައި ހިފަހައްޓައިފި އެވެ.
ސްރީލަންކަން އެއާލައިންސް ފްލައިޓަކުން މިއަދު މެންދުރު އައި ޖޯޑަންގެ ފަތުރުވެރިޔާ އިމިގްރޭޝަން އޮފިޝަލުންނަށް އިންޒާރު ދިނީ ވިސާ މައްސަލައަކާ ގުޅިގެންނެވެ.

އެއާޕޯޓް އޮފިޝަލުން ބުނީ އިމިގްރޭޝަނުން އޭނާގެ ވިސާ ޖަހައިދޭން ދެކޮޅު ހެދުމުން އޭނާ އިންޒާރު ދިނުމާއެކު އެއާޕޯޓުގައި ހިފަހައްޓާފައިވާ ކަމަށެވެ.

ފުލުހުންވެސް ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ. އިމިގްރޭޝަނުން ބުނީ "ޓެމްޕަރަރީ ހޯލްޑިންގް" ގައި ހުރި އެމީހާ މާދަމާ އަނބުރާ ގައުމަށް ފޮނުވާލުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިދިޔަ އޭޕްރިލް މަހުގެ 21 ވަނަ ދުވަހު ސްރީ ލަންކާގައި ދިން ހަމަލާތަކަށް ފަހު ރާއްޖޭގެ ބޯޑަރު ކޮންޓްރޯލް ވަނީ ވަރުގަދަކޮށްފަ އެވެ.
ހިޔާލު

ހުސެން

ކީކޭކިޔާފަ އިންޒާރުދިނީ. އެވަރު ޖެހޭ ނޫސްވެރިން އޮޅުން ފިލުވާލަން