Kiyevumugai rangalhu natheejaa hoadhumah kulhivaru muhimmu dhaureh adhaakurey
image
"ޑެވޮންޑޭލް ކިޑްސް ފުޓްބޯލް ފިއެސްޓާ" ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން---ފޮޓޯ: ރައީސް އޮފީސް
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ކިޔެވުމުގައި ރަނގަޅު ނަތީޖާ ހޯދުމަށް ކުޅިވަރު މުހިންމު ދައުރެއް އަދާކުރޭ: ނައިބު ރައީސް

ކިޔެވުމުގައި ރަނގަޅު ނަތީޖާ ހޯދުމަށް ކުޅިވަރު މުހިންމު ދައުރެއް އަދާކުރާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު އެހެން ވިދާޅުވީ ގްރޭޑް ހަތަރެއް އަދި ގްރޭޑް ފަހެއް ގެ ދަރިވަރުންގެ މެދުގައި ބޭއްވި "ޑެވޮންޑޭލް ކިޑްސް ފުޓްބޯލް ފިއެސްޓާ" ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިއްޔެ އޮތް އެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ކުޅިވަރަށް ހޭދަކުރާ ވަގުތަކީ ވަށައިޖެހޭ ތައުލީމީ ނިޒާމެއްގައި ކިޔެވުމުގެ އެއްބައިކަން ފާހަގަ ކުރެއްވިއެވެ.

ދުޅަހެޔޮ ކަމާއި ހަށިހެޔޮ ކަމާއެކީ ސްކޫލް ތެރޭގައި ކިޔަވައިދިނުމުގެ ނިޒާމު ކުރިއަށް ގެންދިއުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ދަރިވަރުންނަށް ކުޅިވަރުގެ ތެރޭގައި ޝާމިލުވެ އުޅުމަށް ގިނަ ފުރުސަތުތައް ފަހިކޮށްދެއްވުމަށް ހުރިހާ ބެލެނިވެރިންގެ އަރިހުން އެދިވަޑައިގެންނެވިއެވެ.

އޭގެ އިތުރުން ކުޅިވަރުގެ ތެރެއިން ދަސްކޮށްދޭ ރިވެތި އާދަތަކާއި، އިޖުތިމާއީ ގޮތުން ލިއްބައިދޭ ދުޅަހެޔޮކަން އެމަނިކުފާނު ހުރިހާ ކުދިންނަށް ހަނދާންކޮށްދެއްވިއެވެ.
ހިޔާލު