Maafushi jalugai fen plant eh hulhuvaifi
image
މާފުށީ ޖަލުގައި ގާއިމުކުރި ފެން ޕްލާންޓް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހުޅުއްވައިދެއްވަނީ---ފޮޓޯ: ހޯމް މިނިސްޓްރީ
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

ގައިދީންނަށް ސާފު ބޯފެން ފޯރުކޮށްދިނުމަށް މާފުށި ޖަލުގައި ފެން ޕްލާންޓެއް ހުޅުވައިފި

މާފުށީ ޖަލުގައި ގާއިމުކުރި ފެން ޕްލާންޓް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ހުޅުއްވައިދެއްވައިފިއެވެ.
މިއީ ޖަލުގައި ބަންދުކުރެވިފައިވާ ގައިދީންނަށް ސާފު ބޯފެން ފޯރުކޮށްދިނުމަށް ގާއިމުކުރެވުނު ފެން ޕްލާންޓެކެވެ.

އެތަން ހުޅުއްވައިދެއްވުމަށް ފަހު ހޯމް މިނިސްޓަރު ވިދާޅުވީ ފެން ޕްލާންޓު ގާއިމުކުރުމުގެ ސަބަބުން ގައިދީންނަށް ފަސޭހަކަމާއެކު ސާފު ބޯފެން ލިބޭނެ ކަމަށެވެ.

ކުރިން ސާފު ބޯފެން ގައިދީންނަށް ލިބެނީ އެމީހުން އަމިއްލައަށް ގަނެގެން ކަމަށާއި އަމިއްލައަށް ފެން ނުގަނެވޭ ގައިދީން ބޭނުން ކުރަމުން އައީ ނުސާފު ފެން ކަމަށް އިމްރާން ވިދާޅުވި އެވެ.

މިއަދު ގާއިމު ކުރެވުނު ފެން ޕްލާންޓާއެކު ގައިދީންނަށް ހަމަހަމަ ކަމާއެކު ސާފު ބޯފެން ލިބިގެންދާނެ ކަމަށް ވެސް ހޯމް މިނިސްޓަރު ވިދާޅުވި އެވެ.

"ފެން ކުރިން ގަންނަމުންދިޔަ ގައިދީންނަށް އިތުރަށް ހަރަދުކުރަން ނުޖެހި ސަރުކާރުގެ ފަރާތުން ހިލޭ އެކަށީގެންވާ ރަނގަޅު ފެން ލިބިގެންދާނެ،" އިމްރާން ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ޖަލުގައި ގާއިމު ކުރެވުނު ފެން ޕްލާންޓާއެކު ޖަލުގެ ތެރޭގައި ފެނުގެ ސަބަބުން ދިމާވާ ސިއްހީ މައްސަލަތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އެ ފެން ޕްލާންޓުގެ ސަބަބުން ޕްލާސްޓިކް ފުޅީގައި ޖަލަށް ފެން އެތެރެކުރުން މަދުވާނެ ކަމަށް ވެސް މިނިސްޓަރުގެ ވާހަކައިގައި ފާހަގަކުރައްވި އެވެ.
ހިޔާލު