Majlis zinmaadhaaru kurumugai madhanee jamiyya thakuge dhauru bodu: Ali Niyaz
image
ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާއަށް އިންތިހާބުވި އަލީ ނިޔާޒް---ފޮޓޯ: ރާއްޖެޓީވީ
އަބްދުﷲ ޔާމީން
0 ކޮމެންޓް
 

މަޖިލިސް ޒިންމާދާރު ކުރުމުގައި މަދަނީ ޖަމިއްޔާތަކުގެ ދައުރު ބޮޑު: ނިޔާޒް

ރައްޔިތުންގެ މަޖިލިސް ޒިންމާދާރު ކުރުމުގައި މަދަނީ ޖަމިއްޔާތަކުގެ ދައުރު ބޮޑުކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާއަށް އިންތިހާބުވި އަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.
މަޖިލިސް ވީހާވެސް ބޮޑަށް ހުޅުވާލެވިގެން ބޭއްވުމާއި ގުޅޭގޮތުން މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކުން (އެމްޑީއެން) އިން ކުރިއަށް ގެންދިޔަ ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން ނިޔާޒް ވިދާޅުވީ މަޖިލީހުގައި ހިނގާ ކަންކަމުގެ ފުރިހަމަ އަދި ތެދު މައުލޫމާތު ރައްޔިތުންނަށް ލިބެންޖެހޭ ކަމަށެވެ.

ނިޔާޒް ވިދާޅުވީ މަޖިލީހުގެ މަސައްކަތްތަކާއި ގުޅޭގޮތުން މަދަނި ޖަމިއްޔާތަކުން އެކިއެކި ޕެނަލް ޑިސްކަޝަަންތައް ބާއްވާ މީޑީއާގެ ޒަރީއައިން އެކަންކަމުގެ ފުރިހަމަ މައުލޫމާތު ރައްޔިތުންނަށް ހިއްސާ ކުރެވޭނެކަމަށެވެ. އަދި އޭގެ އިތުރުން މަދަނީ ޖަމިއްޔާތަކަށް ރައްޔިތުންގެ މަޖިލީހާއި ގުޅޭ މައުލޫމާތުތައް ރައްޔިތުންނަށް ހިއްސާކުރުމުގައި ބޮޑެތި މުހިންމު މަސައްކަތްތަކެއް ކުރެވޭނެކަމަށެވެ.

އަދި މީގެ އިތުރުން ރައްޔިތުންގެ މަޖިލީހަށް މެމްބަރަކު އިންތިހާބުވުމަށް ރައްޔިތުންގެ ކައިރީގައިވާ ވައުދުތައް ފުރިހަމަކުރާ މިންވަރު ބެލުމުގައި މެމްބަރުންނަށް ފާރަލުމުގައި ވެސް މަދަނީ ޖަމިއްޔާތަކަށް މުހިންމު ރޯލެއް އަދާކުރެވޭނޭކަމަށް އަލީ ނިޔާޒް ވިދާޅުވިއެވެ. އަދި މަޖިލީހުގެ މެމްބަރުންނާއި އާއްމުން ބައްދަލުވުމަށް އެކިއެކި ފޯރަމްތައް ބާއްވާ ރައްޔިތުންގެ އަޑު މެމްބަރުންނަށް އިއްވުމުގައިވެސް މަދަނީ ޖަމިއްޔާތަކަށް މުހިންމު ދައުރެއް އަދާކުރެވޭނޭކަމަށް އަލީ ނިޔާޒް ވިދާޅުވިއެވެ.
ހިޔާލު