Tawheed jamaa'athuge leader Zahran Hashim ge lhiyanu Saudi inn hayyaru koffi
image
ނޭޝަނަލް ތައުހީދު ޖަމާއަތުގެ ލީޑަރު ޒަހްރާން ހާޝިމް---
1 ކޮމެންޓް
 

ތައުހީދު ޖަމާއަތުގެ ލީޑަރު ޒަހްރާން ހާޝިމްގެ ޅިޔަނު ސައުދީން ހައްޔަރުކޮށްފި

އޭޕްރިލް މަހުގެ 21 ވަނަ ދުވަހު ލަންކާގައި ހަމަލާދިން ނޭޝަނަލް ތައުހީދު ޖަމާއަތުގެ ލީޑަރު ޒަހްރާން ހާޝިމްގެ ޅިޔަނު ސައުދީ އަރަބިއްޔާ އިން ހައްޔަރުކޮށްފި އެވެ.
ހިންދުސްތާން ޓައިމްސް އިން ބުނީ އިންޑިއާ އިންޓެލިޖެންސުން ދިން މައުލޫމާތުގެ މައްޗަށް ބިނާކޮށް މައުލާނާ ރިލާ އާއި ޝާހް ނަވާޖް ނަމަކަށް ކިޔާ މީހަކު ސައުދީން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ލަންކާ އަށް ދިން ހަމަލާގެ އިންޓެލިޖެންސް މައުލޫމާތު ވެސް އިންޑިއާގެ އިދާރާތަކުން ލަންކާ ފުލުހުންނާއި ސިފައިންނާ ހިއްސާކުރި އެވެ.

ނަމަވެސް ލަންކާގެ ސަރުކާރުގެ އެންމެ އިސްވެރިން ބުނީ ފުލުހުންނާއި ސިފައިން އެކަން އަންގާފައި ނުވާ ކަމަށެވެ. އިންޑިއާ އިން މިހާރު ވެސް ދަނީ ޖާސޫސީ މައުލޫމާތު އެކި ގައުމުތަކަށް ފޯރުކޮށްދެމުންނެވެ.

އެގޮތުން ހަމަލާތަކާ އިސްލާމިކް ސްޓޭޓް (އައިއެސް)އާ އޮތް ގުޅުން ދެނެގަތުމަށް ކުރާ މަސައްކަތުގައި އިންޑިއާގައި އުޅޭ ޓެރަރިސްޓުންނާ އޮތް ގުޅުން ހޯދުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ކޮލޮމްބޯގެ އިންޓެލިޖެންސް ޓީމެއް މިހާރު އޮތީ މި މަސައްކަތުގައި ސައުދީ އަރަބިއްޔާއަށް ދިޔުމަށް ތައްޔާރަށެވެ. އައިއެސް އިން ބުނީ ހަމަލާތައް ދިނީ އައިއެސްގެ ތަމްރީން ލިބިގެން ތިބި މީހުން ކަމަށެވެ.
ހިޔާލު

ސަުދާން

ޖަމާތު އޭ ތޯހީދު.. އެހެންނުން..