Kasautii Zindagii Kay 2 vana bayah Bajaj hoadhanee
image
ޕާރްތު އާއި އެރިކާ އަދި ރޯނިތު---
0 ކޮމެންޓް
 

ކަސޯޓީ ޒިންދަގީ ކޭގެ ދެވަނަ ބަޔަށް ބަޖާޖު ހޯދަނީ

އެކްތާ ކަޕޫރުގެ އެންމެ މަގްބޫލު އެއް ޑްރާމާ ކަމަށްވާ ކަސޯޓީ ޒިންދަގީ ކޭގެ ދެވަނަ ބަޔަށް ބަޖާޖު ހޯދަނީ ކަމަށް އެކްތާ ބުނެފިއެވެ.
އިންސްޓްގުރާމު މެދުވެރިކޮށް އެކްތާ އިއްޔެ ކަސޯޓީގެ ފުރަތަމަ ބައިގެ ޕްރެނާ އާއި ބަޖާޖުގެ ވީޑިއޯއެއް ހިއްސާކޮށްފައިވާއިރު އެކްތާ ވަނީ ކުރީގެ ބަޖާޖު ރޯނިތު ރޯއީ އަށް އަލްވަދާއު ކިޔާ ގަޑި މިހާރު ޖެހުނީ ކަމަށާއި އާ ބަޖާޖެއް ހޯދުމުގެ މަސައްކަތް މިހާރު ފަށައިފި ކަމަށް ބުނެފައެވެ.

ގިނަ ބަޔަކު މިހާރު އިންތިޒާރުގައި ތިބީ ކަސޯޓިގެ ދެވަނަ ބައިން ބަޖާޖުގެ ރޯލުން ފެނިގެންދާނެ އެކްޓަރަކަށެވެ. އިންޑިއާގެ ބައެއް ނޫސްތަކުން ބުނާގޮތުގައި ބަޖާޖުގެ ރޯލުން ފެނިގެންދާނީ ޓީވީ އެކްޓަރު ބަރުން ސޮބްޓީ އެވެ.

ދެހާސް އެއްވަނަ އަހަރު އެންމެ ފުރަތަމަ ކަސޯޓީ ދައްކަން ފެށިއިރު ޝޯގެ ފުރަތަމަ ބައިން ޕްރެނާގެ ރޯލުން ފެނިގެންގޮސްފައިވަނީ މަޝްހޫރު ތަރި ޝްވެތާ ތިވާރީއެވެ. އަނުރާގްގެ ރޯލުން ފެނިގެންގޮސްފައިވަނީ ސިޒޭން ހާނެވެ. ކޮމޮލިކާގެ ރޯލުން އުރަވަޝީ ފެނިގެންދިޔަ އިރު ބަޖާޖުގެ ރޯލުން ފެނިގެންދިޔައީ ރޯނިތު ރޯއީ އެވެ.

ޝޯގެ ދެވަނަ ބައިން ޕްރެނާގެ ރޯލުން އެރިކާ ފެނާންޑަޒް ފެނިގެންދިޔައިރު އަނޫރާގް ގެ ރޯލުން ފެނިގެންދަނީ ޕާރްތު ސަމްތާންއެވެ. އަދި ކޯމޮލިކާގެ ރޯލުން ފެނިގެންދަނީ ހީނާ ހާންއެވެ. ކަސޯޓީގެ ފުރަތަމަ ބައި ފަދައިން ދެވަނަ ބަޔަށް ވެސް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.
ހިޔާލު