Gaidheennaa medhu ihusaantherivumah Home Minister edhivadaigenfi
image
މިނިސްޓަރު އިމްރާން ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަނީ---ފައިލް ފޮޓޯ
0 ކޮމެންޓް
 

ރޯދަ މަހުގައި ގައިދީންނާ މެދު އިހުސާންތެރިވުމަށް ހޯމް މިނިސްޓަރު އެދިވަޑައިގެންފި

ކުރިއަށް އޮތީ ބަރަކާތްތެރި ރަމަޟާން މަސް ކަމަށް ވުމުން ގައިދީންނާ ދޭތެރޭ ވަކިން ހާއްސަކޮށް އިހުސާންތެރިކޮށް އަމަލު ކުރުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ޖަލު ބަލަހައްޓާ އޮފިސަރުންނަށް އިލްތިމާސްކުރައްވައިފި އެވެ.
ވީޑިއޯ މެދުވެރިކޮށް އިމްރާން ކުރެއްވި އިލްތިމާސްގައި ވިދާޅުވެފައި ވަނީ އިސްލާމްދީނަކީ އޯގާތެރިކަމާއި، ކުލުނާއި، ހަމްދަރުދީއަށް ވަރަށް ބޮޑަށް ބާރު އަޅާ ދީނެއް ކަމަށެވެ.

"އަޅުގަނޑު ހުރިހާ އޮފިސަރުންނަށް އިލްތިމާސް ކުރަން ގައިދީންނަށް ވެސް ހާއްސަ ކޮށް ރަމަޟާން މަހަށްޓަކައި، ގައިދީންނަށް ވީހާވެސް، އޯގާވެރިކަމާ، ހަމްދަރުދީ އާއި ކުލުނާއެކު މުއާމަލާތް ކުރުމަށް،" ހޯމް މިނިސްޓްރީން ޓްވީޓު ކުރި އެ ވީޑިއޯގައި މިނިސްޓަރު ވިދާޅުވެފައި ވެއެވެ.

"ގައިދީންނަކީ ހަމަ އަޅުގަނޑުމެންގެ ތެރެއިން ބައެއް. އެމީހުންގެ ތެރެއިން ވެސް ގިނަ މީހުން ތިބޭނީ ރޯދައަށް. އެހެންކަމުން ރޯދައަށްޓަކައި ގައިދީންނާ ދޭތެރޭ ވަކިން އިހުސާންތެރިކޮށް ހިތުމަށް އަޅުގަނޑު ހުރިހާ އޮފިސަރުންނަށް ނަސޭހަތްތެރިވަން،" އިމްރާން ވިދާޅުވި އެވެ.
ގައިދީންނަށް ސާފުބޯފެން ފޯރުކޮށްދިނުމަށް ހިންގި މަޝްރޫއުގެ ދަށުން މިއަދު ވަނީ މާފުށި ޖަލުގައި ފެން ޕްލާންޓެއް ބަހައްޓާފަ އެވެ. އެ ފެން ޕްލާންޓް ބޭނުންކޮށްގެން މާދަމާއިން ފެށިގެން ހުރިހާ ގައިދީންނަށް ސާފު ބޯފެން ލިބޭނެ ކަމަށް އެ މަޝްރޫއު ކުރިއަށް ގެންދާ ޕްރިސް ވޯޓާ ކުންފުނިން ބުނެ އެވެ.
ހިޔާލު