Roadha mahu ufahdhaa kuni nahthaalumuga samaalu vumah HPA inn edhijje
image
މާލޭގެ މަގެއް މައްޗަށް ކުނި އަޅާފައި-- ފޮޓޯ: ސޯޝަލް މީޑިއާ
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

ރޯދަ މަހު އުފައްދާ ކުނި ނައްތާލުމުގައި ސަމާލުވުމަށް އެޗްޕީއޭއިން އެދިއްޖެ

ރޯދަ މަހަކީ އެހެން މަސްތަކާއި ހިލާފަށް ގިނަ އަދަދެއްގެ ކުނި އުފައްދާ މަހެއްކަމުން ކުނި ނައްތާލުމުގައި ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕިއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕިއޭގެ ސީނިއާ ޕަބްލިކަލް ޕްރޮގްރާމް އޮފިސާ، މޫސާ ހަނީފް ސީއެންއެމް އަށް ވިދާޅުވީ ތައްޔާރުކުރާ ކާނާގެ ބާކީ ބައި ކޮތަޅަކަށް އަޅާފައި ގޯޅިތަކަށް ނެރެފައި ހުންނަ މަންޒަރު ފެންނަ ކަމަށާއި އެގޮތަށް ނެރެފައި ހުންނައިރު މެހި ފަދަ ތަކެތި ވެސް އެ ތަނުގައި ދުވާ މަންޒަރު ފެންނަ ކަމަށެވެ.

ބަލިތަކުން ރައްކާތެރިވެ ތިބުމަށްޓަކައި ކުނި އެޅުމަށް ހާއްސަ ކުރެވިފައިވާ ތަންތަން ފިޔަވައި އިތުރު އެއްވެސް ތަނަކަށް ކުނި ނޭޅުމަށް ހަނީފް އިލްތިމާސް ކުރެއްވި އެވެ.

އޭގެ އިތުރުން ހަނީފް ވިދާޅުވީ، ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ގޭގައި ކުލަ ލައި ނުވަތަ އަލަމާރި އާ ކުރުމަށް ފަހު ބާ އަލަމާރި ފަދަ ސާމާނު ރޫޅާ ލުމަށް ފަހު މަގުތަކަށް ނެރެ ބަހައްޓާފައި ހުންނަ ކަމަށެވެ.

ވާރޭ ވެހިއްޖެނަމަ އެތަކެތީގައި ފެން ހެދި މަދިރި އާލާ ވުމަށް ފުރުސަތު ލިބޭކަން ފާހަގަކުރައްވާ، ހަނީފް ވިދާޅުވީ އެ ފުރުސަތު ނުދިނުމަށް ރަނގަޅު އާދަތައް އަށަގަންނުވަން ޖެހޭނެ ކަމަށެވެ.

މިދުވަސްވަރަކީ ރާއްޖޭގައި މަދިރީގެ ސަބަބުން ޖެހޭ ބަލިތައް ކަމަށްވާ ޑެންގޫ އާއި ޗިކަންގުންޔާ ފަދަ ބަލިތައް ވެސް ފެތުރެމުން އަންނަ ދުވަސްވަރެކެވެ. އެހެންވެ، އެފަދަ ބަލިތައް ފެތުރުނަނުދުމަށް ސާފުތާހިރު ކަމަކީ މުހިއްމު ކަމެކެވެ.
ހިޔާލު