Tharikaige dhaaimee list ga raajjeyge miskiythah himenumah mashvaraa koffi
image
ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނާއި، ޔުނެސްކޯގެ ރީޖަނަލް ޑައިރެކްޓަރު އެރިކް ފޯލްޓް ހުކުރު މިސްކިތުގެ ބޭރުގައި---ފޮޓޯ: ހެރިޓޭޖް މިނިސްޓްރީ/ ޓްވިޓާ
0 ކޮމެންޓް
 

ތަރިކައިގެ ދާއިމީ ލިސްޓުގައި ރާއްޖޭގެ މިސްކިތްތައް ހިމެނުމަށް މަޝްވަރާކޮށްފި

އދ.ގެ އެޑިއުކޭޝަނަލް، ސައިންޓިފިކް އެންޑް ކަލްޗަރަލް ޖަމިއްޔާ (ޔުނެސްކޯ) ގެ ދުނިޔޭގެ ތަރިކަައިގެ ދާއިމީ ލިސްޓުގައި ރާއްޖޭގެ މިސްކިތްތައް ހިމެނުމާ ބެހޭ ގޮތުން މަޝްވަރާކޮށްފި އެވެ.
ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނާއި، ޔުނެސްކޯގެ ރީޖަނަލް ޑައިރެކްޓަރު އެރިކް ފޯލްޓް މިއަދު އެ މަޝްވަރާ ކުރެއްވީ ހުކުރު މިސްކިތް ބައްލަވާލެއްވުމުގެ ތެރޭގަ އެވެ.
ހެރިޓޭޖް މިނިސްޓްރީން ބުނީ "ރާއްޖޭގެ ހިރިގަލު މިސްކިތްތަކަކީ އިސްލާމީ ސަޤާފީ ތަރިކައަށް ބަލާއިރު މިފަދަ ދެވަނައެއްނުވާ މިސްކިތްތަކެއްކަން" ޔުނެސްކޯ ރީޖަނަލް ޑައިރެކްޓަރު ފާހަގަކުރެއްވި ކަމަށެވެ.

ރާއްޖޭގެ މިސްކިތްތައް ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމަކީ ދިވެހިރާއްޖެއަށް އިޤްތިޞާދީ އަދި އިޖްތިމާޢީ ފައިދާތަކެއް ލިބޭނެ ކަމެއް ކަމަށް މިނިސްޓަރާއި ޔުނެސްކޯގެ ރީޖަނަލް ޑައިރެކްޓަރު ފާހަގަކުރެއްވި އެވެ.

އެ ލިސްޓުގައި ރާއްޖޭގެ މިސްކިތްތައް ހިމެނުމަށް ކުރެވޭނެ މަސައްކަތްތަކާ ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއިރު، ދިވެހީންގެ އާދަކާދައާއި ވާހަކަދައްކާ އުޅުނު ގޮތްތަކާއި، ކުޅުނު ކުޅިވަރުތަކާއި، ދިވެހީންގެ މަސައްކަތްތެރިކަމާއި ބޭސްވެރިކަން އަދި ކަނޑުއަޑީގެ ތަރިކަ ރައްކާތެރިކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުންވެސް މަޝްވަރާ ކުރެއްވި އެވެ.
ހިޔާލު