Dhivehi miruhuge agu boduvumun marektgai mihaaru hinganee beyrumirus
image
މާރުކޭޓުގައި މީހަކު ބޭރު މިރުސް ގަންނަނީ---ފޮޓޯ: ސީއެންއެމް
ގުފްތަގު އަޖީރު
1 ކޮމެންޓް
 

ދިވެހި މިރުހުގެ އަގު ބޮޑުވުމުން މިހާރު މާރުކޭޓުގައި ހިނގަނީ ބޭރު މިރުސް

މާލޭ ލޯކަލް މާރުކޭޓުގައި ދިވެހި މިރުހުގެ އަގު އުފުލުމުން، ބޭރު މިރުސް ނުވަތަ އިމްޕޯޓު ކޮށްފައި ހުރި މިރުސް ހެޔޮ އަގުގައި ވިއްކަން ފަށައިފިއެވެ.
ދިވެހި މިރުސް ކިލޯއެއް އެންމެ އަގުހެޔޮކޮށްވެސް މިހާރު ލިބެން ހުރީ 800 ރުފިޔާއަށެވެ. ނަމަވެސް އިންޑިއާއި އަަވަށްޓެރި ގައުމުތަކުން ގެނެސް އިމްޕޯޓު ކުރި މިރުސް މާކެޓުގައި އަންނަނީ ވިއްކަމުންނެވެ. އިންޕޯޓުކުރި މިރުސް ކިލޯއެއްގެ އަގު ހުރީ 300 ރުފިޔާ އާއި 350 ރުފިޔާއާ ދެމެދުއެވެ.

"މި މިރުސްވެސް ކުޅިވާނެ. މިހުރީ ވަސް ބަލާލަ ބަލަ. މިރުހުގެ އަގު ހެޔޮވެފައި ކުޅިވެސް ވާނެ. ގިނަ މީހުން ގަންނަނީ މި މިރުސް މިހާރު،" މާރު ކޭޓު ގޮޅިއެއްގެ ސޭޓު ފަޅާލާފައި އޮތް މިރުހެއްގެ ވަސް ދައްކަމުން ބުންޏެވެ.



ރޯދަ މަހާ ދިމާކޮށް މިރުހާ ކަރާ ފަދަ ބައެއް ބާވަތްތަކުގެ އަގު ވަނީ އުފުލިފައެވެ. އެގޮތުން 15 ރުފިޔާއަށް ހުރި ކަރާ ކިލޯއެއްގެ އަގު މިހާރު ހުރީ 30 ރުފިޔާއާއި 45 ރުފިޔާއާ ދެމެދުއެވެ. މީގެ ކުރިން ދިވެހި މިރުސް ކިލޯއެއް 200 ރުފިޔާ އާއި 300 ރުފިޔާއާއިދެމެދުގެ އަގަކަށް ލިބުނެވެ.

ހިޔާލު

ސަޖޯ

ދިވެހި މިރުހޭ އެއް އަގެއްގައި ބޭރު މިރުސްވެސް ނުވިއްކޭ ގޮތް ހަދަންވީނު. މިނިމަމް ވޭޖް ވެސް ގެންނަނީ އެހެންވީމަތާ. ދެރަ ކަމަކީ ދިވެހި މިރުސް ހައްދައިގެން ވިއްކަނީވެސް ބަންގާޅު މީހުނަށް ވީމަ.