Kandumas thiyaagive agu vetti, kanneleege agu ufulijje
image
މިއަދު މާރުކޭޓުގައި ފަރު މަސް ވިއްކަނީ: އަގުތަކަށް މާބޮޑު ބަދަލެއް ނާދޭ---
މުހައްމަދު ފަތުހުﷲ
1 ކޮމެންޓް
 

ކަނޑުމަސް ތިޔާގިވެ އަގު ވެއްޓި، ކަންނެލީގެ އަގު އުފުލިއްޖެ

މިއަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހު ބާޒާރުގައި ރޯ މަހުގެ އަގުތަކަށް ބަލާއިރު، މަސްމާރު ކޭޓުގައި ކަޅުބިލަމަސް (ކަނޑުމަސް) ތިޔާގިވެ، ކަޅުބިލަމަހުގެ އަގު ހެޔޮވެފައިވާއިރު، ކަންނެލީގެ އަގު އުފުލިއްޖެ އެވެ.
މަސްމާރުކޭޓުގައި މިއަދު ކަޅުބިލަމަސް ކިލޯއެއް 30 ރުފިޔާ އަށް ހުރިއިރު، ކަންނެލި ކިލޯއެއް އުޅެނީ 40 ރުފިޔާ އަށެވެ. ނަމަވެސް މާރުކޭޓުގައި އާއްމުގޮތެއްގައި ކަންނެލިމަހަށް ވުރެ ކަޅިބިލަމަހުގެ އަގު ބޮޑުވާނެ އެވެ.

ސީއެންއެމަށް މައުލޫމާތު ދެމުން މަސް ވިއްކަން ހުރި މީހަކު ބުނީ ކަނޑުމަހަށްވުރެ، ކަންނެލީގެ އަގު ބޮޑުވެގެން އުޅެނީ ކަނޑުމަސް މާރުކޭޓުގައި ތިޔާގިވެފައި، ކަންނެލި މަސް މާރުކޭޓުގައި މަދުވުމުގެ ސަބަބުން ކަމަށެވެ.

މަސްމާރުކޭޓުގައި ވިއްކަންހުރި ފަރުމަހުގެ އަގުތައް ހުރީ 20 ރުފިޔާ އިން ފެށިގެން 200 ރުފިޔާ އާ ދެމެދުގަ އެވެ. އާދައިގެ ވަރެއްގެ ރަތް މަހެއް 50 ރުފިޔާ އާއި 100 ރުފިޔާ އާދެމެދުގެ އަގުތަކުގައި ލިބެން އެބަހުއްޓެވެ.

ކަނޑުމަހާއި ފަރުމަހުގެ އަގުތައް އެހެން ދުވަސްތަކެތެކޭ އެއްފަދައިން އެއް އަގެއްގައި ހިފެހެއްޓިފައިވާއިރު، މިފަހަރުގެ ރޯދަ މަހަށް އެތަކެތީގެ އަގު ބޮޑުވެގެން ގޮސްފައިނުވާކަން ފާހަގަކޮށްލެ ވެއެވެ.

ހިޔާލު

ޙހ

މިއަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހު ބާޒާރުގައި ރޯ މަހުގެ އަގުތަކަށް ބަލާއިރު، މަސްމާރު ކޭޓުގައި ކަޅުބިލަމަސް (ކަނޑުމަސް) ތިޔާގިވެ، ކަޅުބިލަމަހުގެ އަގު ހެޔޮވެފައިވާއިރު، ކަންނެލީގެ އަގު އުފުލިއްޖެ އެވެ.