Male' gai Feyren ulhunu meehakah bayau hamaladhee hutuvaifi
image
މާލޭގައި ފޭރެން އުޅުނު މީހަކަށް ބަޔަކު ހަމަލާދީ ހުއްޓުވައިފި
ސީއެންއެމް
3 ކޮމެންޓް
 

މާލޭގައި ފޭރެން އުޅުނު މީހަކަށް ބަޔަކު ހަމަލާދީ ހުއްޓުވައިފި

މާލޭގައި މިރޭ ތޫނުއެއްޗަކުން ބިދޭސީއަކަށް ބިރުދައްކާ ފޭރެން އުޅުނު މީހަކަމަށް ބަޔަކު ހަމަލާދީ ހުއްޓުވައިފި އެވެ.
ފުލުހުން ބުނީ ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ މާފަންނު ޝަހީދު އަލީ ހިނގުމާއި ފުލޫނިޔާ މަގާ ސަރަހައްދުގައި ކަމުގައެވެ.

މިރޭ އިރާކޮޅު ހިނގި މިހާދިސާގައި ބައިސްކަލެއްގައި ދިޔަ ބިދޭސީއަކަށް 27 އަހަރުގެ ދިވެހި ފިރިހެނަކު ވަޅިން ބިރު ދައްކައިގެން ފޭރެން މަސައްކަތް ކުރުމުން އެސަރަހައްދުގައި ތިބި ބަޔަކު އޭނާއަށް ހަމަލާދީ ޒަހަމްކޮށްލާފައިވާކަމަށް ފުލުހުން ބުނެއެވެ.

މިރޭގެ މި ހާދިސާގައި ބިދޭސީ މީހާއަށް އެއްވެސް އަނިޔާއެއް ނުލިބެއެވެ. ނަމަވެސް ފޭރެން އުޅުނު މީހާއަށް ބަޔަކު ހަމަލާދިނުމުން އޭނާއަށް ހޮސްޕިޓަލުން ފަރުވާދިންކަމަށް ފުލުހުން ބުނެއެވެ. އޭނާއަށްވެސް ސީރިއަސް އަނިޔާތަކެއް ލިބިފައެއް ނުވެއެވެ.
ހިޔާލު

ނުރަބޯ

ވަރަށް ބަރާބަރު.

ސޮރު

ރަނގަޅަށް ތިހެތީ. ތަޅާ ތިރި ގަންނުވާލާ. ފުލުހުން އައިމަ ބުނާނީ ޖެހިގެން ހުރިގޭ ބެލްކަނީން އެއްޗެއް ވެއްޓި ޖެހި އަނިޔާވީއޭ.

ބޮޑުބެ

ތީގަނެތް އިތުރުގޮތެއް، ފުލުހުންނަށް ނުހުއްޓުވެންޏާ އެބަޖެހޭތާ ބަޔަކުނިކުމެގެންވެސް ތިކަހަލަ ކަންކަން ހުއްޓުވަން.