Roadhamah kaasheege agu veeheyo: Viyafaariverin
image
ބާޒާރުގައި ވިއްކަން ޖަހާފައި ހުރި ކާށި ފުންޏެއް: ފޮޓޯ ސީއެންއެމް
ގުފްތަގު އަޖީރު
0 ކޮމެންޓް
 

ރޯދަމަހަށް ކާށީގެ އަގު ހެޔޮވި: ވިޔަފާރިވެރިން

ބާޒާރުގައި އެހެން ބާވަތްތަކުގެ އަގު އުފުލުނު ނަމަވެސް، ރޯދަމަހަށް ކާށީގެ އަގު ހެޔޮ ވެފައިވާކަމަށް ލޯކަލް މާރުކޭޓުގައި ކާށިވިއްކާ ބައެއް މީހުން ބުނެފިއެވެ.
ސީއެންއެމްއާ ވާހަކަ ދެއްކި ކާށި ވިއްކާ މީހުން ބުނީ ރޯދަ މަސް ފެށުމުގެ ކުރިން ބޮޑެތި ކާށި ވިއްކީ 20 ރުފިޔާއަށް ކަމަށެވެ. ނަމަވެސް މިހާރު އެންމެ ބޮޑެތި ކާށި ވިއްކަނީ 15 ރުފިޔާއަށް ކަމަށެވެ. އަދި އޭނާގެ ގޮޅިން ކުދި ކާށީގެ އަގަށް ބަދަލެއް ނާދެއެވެ. އެގޮތުން އެންމެ ކުދި ހަތަރު ކާށި 20 ރުފިޔާއަށް ލިބޭއިރު، އެއަށްވުރެ ތަންކޮޅެއް ބޮޑެތި ތިން ކާށި 20 ރުފިޔާއަށް ލިބެއެވެ.



އެހެން ގޮޅިއަކުން ވާހަކަ ދެއްކި މީހަކު ބުނީ ރޯދަމަށް ގެނައި ކުދި ކާށި ވިއްކަނީ ފަސް ރުފިޔާއަށް ކާށްޓެއް ކަމަށެވެ. ނަމަވެސް މީގެ ދުވަސް ކޮޅެއް ކުރިން ހަތަރު ރުފިޔާއަށް ވެސް އެ ސައިޒުގެ ކާށި ވިއްކި ކަމަށް އޭނާ ބުނެއެވެ.

ކާށި ވިއްކާ މީހުން ބުނަނީ ރޯދަމަހު ހުއްޓުމެއް ނެތި ކާށި ލިބެން ހުންނާނެކަމަށެވެ. އަދި ކާށީގެ އަގު ބޮޑުވާނެކަމަށް ނުބެލެވޭކަމަށެވެ.

ކާއްޓަކީ ދިވެހިންގެ ކެއުމުގައި އެކި ގޮތް ގޮތަށް ބޭނުންކުރާ މޭވާއެކެވެ. މިގޮތުން ކާށިން ހުނި ހަދައިންގެންނާ، ކާށިން ކިރު ނަގައިގެން ގިނަ ކެއުންތައް ތައްޔާރު ކުރެއެވެ. ކުރިން ދިވެހިންގެ ކެއުމުގައި އާންމުކޮށް ބޭނުން ކުރީ ވެސް ކާށި ތެލެވެ. ނަމަވެސް މިހާރު ކާށި ތެލުގެ ބޭނުން ބޮޑަށް ހިފައި އުޅެނީ ބިއުޓީ ޕްރޮޑަކްޓުތައް ތައްޔާރު ކުރުމަށާ، ފަތުރުވެރިންނަށް ވިއްކުމަށެވެ.

ހިޔާލު