Private Jet eh vehhti eygen dhathurukuri enmmen maruvejje
image
ވެއްޓުނު ޕްރައިވެޓު ޖެޓު:
0 ކޮމެންޓް
 

ޕްރައިވެޓު ޖެޓެއް ވެއްޓި އޭގެން ދަތުރުކުރި އެންމެން މަރުވެއްޖެ

ޕްރައިވެޓު ޖެޓެއް މިއަދު ވެއްޓި އޭގެން ދަތުރުކުރި އެންމެން މަރުވެއްޖެއެވެ.
"ޗެލެންޖާ 601" މަރުކާގެ މި ފްލައިޓު ވެއްޓި އޭގެން ދަތުރުކުރި 13 މީހުން މަރުވެފައިވަނީ އެމެރިކާގެ ލަސްވެގަސްގައި އޮތް ބޮކްސިން މެޗެއް ބެލުމަށްފަހު އެނބުރި މެކްސިކޯއަށް ދަނިކޮށެވެ. ފްލައިޓު ވެއްޓިފައި އޮއްވާ ފެނިފައިވަނީ މެކްސިކޯގެ ފަރުބަދަތަކެއް ހުރި ހިސާބަކަށެވެ.

ފްލައިޓުގައި ތިބީ އުމުރުން 19 އަހަރާ 53 އަހަރާ ދެމެދުގެ މީހުންނެވެ. އޭގެ ތެރޭގައި އާއިލާއެއްވެސް ހިމެނެއެވެ. މެކްސިކޯގެ ސިވިލް އޭވިއޭޝަނުން ބުނެފައިވަނީ ޖެޓު ވެއްޓުނީ ލަސް ވޭގަސް އިން ފުރައިގެން މެކްސިކޯއަށް އަންނަން ފުރިތާ ދެ ގަޑީރު ފަހުންކަމަށެވެ. އަދި ފްލައިޓު ވެއްޓުމުގެ ކުރިން ފްލައިޓާއި މުއާސަލާތީ ގުޅުން ކެނޑުނުކަމަށެވެ.

މެކްސިކޯގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުން ފްލައިޓު ވެއްޓުނީ ކޮޅިގަނޑެއްގައި ނެޖެހެން އުޅުމުގެ ތެރޭގައެވެ. ނަމަވެސް އެގައުމުގެ ސަރުކާރުން އަދި މިކަން ކަށަވަރުކޮށެއް ނުދެއެވެ.

މި ދުވަސްވަރު މެކްސިކޯގެ ބައެއް ސަރަހައްދުތަކަށް މޫސުން ގޯހެވެ.
ހިޔާލު