Maaveyo miskiy roadha mahuge medhu thereygai hulhuvanee
image
މާވެޔޮ މިސްކިތް އިމާރާތްކުރަނީ-- ފޮޓޯ: މިއަދު
މާއިދާ މުހައްމަދު ރަޝާދު
2 ކޮމެންޓް
 

މާވެޔޮ މިސްކިތް ރޯދަ މަހުގެ މެދު ތެރޭގައި ހުޅުވަނީ

މަސްޖިދު ބަހާއުއްދީން ނުވަތަ މާވެޔޮ މިސްކިތް މިއަހަރުގެ ރޯދަ މަހުގެ ތެރޭގައި ހުޅުވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާއިލް އަފްރާހު، "ސީއެންއެމް" އަށް ވިދާޅުވީ، މި ރޯދައިގެ ތެރޭގައި އެތަން ހުޅުވުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ރޯދަ މަހުގެ މެދު ތެރޭގައި އެތަނަށް ނަމާދަށް އެރޭ ވަރުކުރެވޭތޯ މަސައްކަތް ކުރަމުންދާކަން އަފްރާހު ފާހަގަކުރެއްވިއެވެ.

ކުރިން ދެ ބުރިއަށް ހަދާފައި ހުރި މާވެޔޮ މިސްކިތް ތަޅާލައި އެތަން ފަސް ބުރީގެ މިސްކިތަކަށް ހެދުމުގެ މަސައްކަތް ކުރަމުން އަންނައިރު މިސްކިތް ނުހަދައި ގިނަ ދުވަސްވަމުންދާތީ އެސަރަަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ވަނީ ދަތިތަކެއް ކުރިމަތިވެފައެވެ.

އިސްލާމިކް މިނިސްޓްރީގެ އޮފިޝަލް ވިދާޅުވީ މާވެޔޮ މިސްކިތް ފަސް ބުރިއަށް އިމާރާތްކުރަން އެންމެ ފުރަތަމަ ނިންމީ ސަރުކާރާއި އަމިއްލަ ފަރާތެއް ގުޅިގެން ހަރަދުކޮށްގެން ކަމަށެވެ. ނަމަވެސް އެ ފަރާތުން އަމިއްލައަށް އެދިގެން މުޅި މިސްކިތަށްވާ ހަރަދު އެފަރާތުން ކުރާ ގޮތަށް ފަހުން ވަނީ ނިންމާފަ އެވެ.

އަންހެނުން ނަމާދުކުރަން ވަކިން ހާއްސަ ބައެއް ހިމެނޭހެން އިމާރާތް ކުރާ އެ މިސްކިތުގައި އެއްފަހަރާ 1500 އަށް ވުރެ ގިނަ މީހުންނަށް ނަމާދުކުރެވޭނެއެވެ.

މާވެޔޮ މިސްކިތުގެ އިތުރުން ރޯދަ މަހަށް މާލެ ސަރަހައްދުގައި ތިން މިސްކިތެއް ހުޅުވަން ނިންމާފައިވެއެވެ. އެގޮތުން ވިލިމާލޭގައި އިމާރާތްކުރި އާ މިސްކިތާއި ސަލްސާ ރޯޔަލް ކައިރީ ހުންނަ މުހައްމަދު ޖަމީލް މިސްކިތް ވެސް ވަނީ ރޯދައިގެ ކުރިން ހުޅުވާފައެވެ.

ރޯދަ މަހާއި ދިމާކޮށް މާލޭގެ މިސްކިތްތައް ފުރި މަގުތައް މަތީގައި ވެސް ގިނަ ބަޔަކު އަންނަނީ ނަމާދުކުރަމުންނެވެ.

އެޑިޓަރުގެ ނޯޓް: މި ހަބަރުގައި ކުރިން މިސްކިތް ބިނާ ކުރަނީ ސަރުކާރުގެ ހަރަދުގައި ކަމަށް ލިޔެފައި ވަނީ މައުލޫމާތުގެ ކުށަކުންނެވެ.
ހިޔާލު

މަރީ

އެމިސްކިތް އަބަދުވެސް އޮތީ އަމިއްލަ ފަންޑުން ހަދާގޮތައް. ޙަގީގަތް ބަލާލުން ރަނގަޅު

ނުފުރިހަމަ

މާވެޔޮ މިސްކިތް ހަދަނީ 7 ބުރިޔަށް އަމިއްލަ ޚަރަދުގައި. މީ ކޮންކަހަލަ ޕްރޮޕެގެންޑާއެއް މިހާރު